ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޔަރުކުރި އަންހެނުންނާއި މެދު ކަންތައް ކުރީ އިހާނެތިކޮށް: ޕީޕީއެމް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ވަގުތު އެމަނިކުފާނު ދެކިލުމަށް ކްރިމިނަލް ކޯޓު ސަރަހައްދަށް ދިޔަ ސަޕޯޓަރުންގެ ތެރެއިން މިއަދު ދޫކޮށްލި ތިން އަންހެނުންނަށް ކަންތައް ކޮށްފައިވަނީ ވަރަށް އިހާނެތިކޮށްކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

އެޕާޓީއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ވަގުތު އެމަނިކުފާނު ދެކިލުމަށް ދިޔަ އެމަނިކުފާނުގެ ބައެއް ސަޕޯޓަރުންގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ފަރާތްތަކާމެދު އިންސާނީ ޙައްޤުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ. ފުލުހުން ހައްޔަރުކޮށް މިއަދު ދޫކޮށްލި 3 ކަނބަލުންނާމެދު ވަރަށްއިހާނެތިކޮށް ޢަމަލުކޮށްފައިވާ ކަމަށް އެފަރާތްތަކުންވަނީ މަޢުލޫމާތު ދީފައިވާކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން އެތައް އިރެއް ވަންދެން ކާންނުދީ ބޭތިއްބުމާއި ނަމާދުކުރެވޭނެ ގޮތްވެސް ފަހިކޮށްދީފައި ނުވާ ކަމާއި އިންސާނުން ބައިތިއްބަން ހެޔޮނުވާވަރުގެ ތަނެއްގައި ބޭތިއްބި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހަކުވެސް ހިމެނޭއިރު އޭނާއާމެދުވެސް ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ފުލުހުންނަކީ ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުންނަށް ޚިދްމަތްކުރުމަށް ހުވައެއް ކޮށްގެން ތިބޭ ބަޔަކަށް ވީހިނދު ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާގޮތަށް ސިޔާސީ ވަކި މަޤްސަދެއް ޙާޞިލްކުރުމަށްޓަކައި ފުލުހުންގެ އިސްވެރިން ކުރާ ޣައިރުޤާނޫނީ އަމުރުތަކުގެ ސަބަބުން ފުލުހުން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅޭކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މުޅި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެންދިއުމަކީ ހިތާމަކުރާ ކަމެއްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ފުލުހުން ހައްޔަރުކުރި ކަނބަލުންނާމެދު އިންސާނީ ޙައްޤުތަކާ ޚިލާފަށް ހިންގާފައިވާ މި ދަށުދަރަޖައިގެ ޢަމަލު ތަޙްޤީޤު ކުރުމަށް ކަމާ ބެހޭ މުއައްސަސާ ތަކަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ޕާޓީއިން ވަނީ ގޮވާފައެވެ.

އެއްވުމުގެ ތެރެއިން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ޕާޓީގެ ކައުންސިލް މެމްބަރުންތަކެއްވެސް ހިމެނެއެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ މާގިނަ އިރުތަކެއް ނުވަނީސް ދޫކޮށްލާފައެވެ. އަދި މިހާރު ހައްޔަރުކުރި ފަސް މީހުންވެސް ވަނީ ދޫކޮށްލާފައެވެ.

ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި އާންމުކުރި ބަޔާނުގައިވަނީ ރައީސް ޔާމީންގެ ސަޕޯޓަރުން އެސަރަހައްދުގައި ސުލްހަވެރިކަމާއެކު ފުލުހުންގެ އެންގުންތަކާ އެއްގޮތަށް އަމަލު ކުރަމުން ދަނިކޮށް އެތަން ހަލަ ބޮލިވެގެން ދިޔައީ ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ފުލުހުން އަމަލު ކުރަންފެށުމުން ކަމަށެވެ. އެގޮތުން ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ސަރުކާރުން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވެ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލަފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: