ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިމާޒްގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެމްއާރުއެމް އިން އެދިއްޖެ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ, މައުމޫންއާ އެކު--
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއާރުއެމްއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ތުހުމަތުވާ މައްސަލަތައް އަވަހަށް ތަހުގީހުކޮށް ދިނުމަށް އެޕާޓީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދެފިއެވެ.

އެމްއާރުއެމް އިން އޭސީސީއަށް ފޮނުވި ސިޓީގައި ވަނީ އެމްއާރުއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީ އަށް އަމާޒުވެފައިވާ ހިޔާނާތުގެ ތުހުމަތާއި ގުޅިގެން ބަލަމުންދާ މައްސަލަ އަވަހަށް ނިންމައިދިނުމަށާއި އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އެޕާޓީއާވެސް ހިއްސާކޮށްދެއްވުމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީތެރޭގައި ހިނގާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް ޝިމާޒަށް އިނގިލި ދިއްކުރެވުނީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ބަދަލު ކުރުމުގެ މަސައްކަތްކުރުމަށް ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ދިނުމުގައި ޝިމާޒްގެ އަތެއްވާ ކަމަށްބުނެއެވެ.

ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވަނީ އެމްއާރުއެމަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރަކަށް އަމާޒު ކުރައްވައި، ހިޔާނާތުގެ ތުހުމަތު ކުރައްވައިފަ އެވެ. އަދި އެމައްސަލަ ބައްލަވައިދެއްވުމަށް އެދި އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫންގެ އަރިހުންވަނީ އެދިވަޑައިގެންފައެވެ.

ޒަރިޔަންދުގެ ޓްވީޓަށް ރައީސް މައުމޫން ވަނީ ޓްވީޓާގައި ޖަވާބު ދެއްވާފައެވެ. އެގޮތުން ވިދާޅުވީ ޒަރިޔަންދު ވިދާޅުވި މައްސަލައިގެ ތަފްސީލީ މައުލޫމާތުތައް އެމްއާރްއެމްގެ އޮފީހަށް ފޮނުވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ޒަރިޔަންދު، ޝިމާޒަށް ތުހުމަތުތަކެއް ކުރެއްވީ، ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ އުޅަނދެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިން މައްސަލަ ފަޅާއަރައި ފިނޭންސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން އެ މަސައްކަތް ހުއްޓުވާފައި ވަނިކޮށެވެ.

ޕްރޮޖެކްޓެއް ނުވަތަ ޚިދުމަތެއް 2.5 މިލިއަން ރުފިޔާ އަށް ވުރެން ބޮޑު ނަމަ މާލިއްޔަތު ގަވާއިދުގައި ކުރިން އޮންނަނީ ޓެންޑަ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދާށެވެ. އެކަމަކު މި މަސައްކަތް ކުރިއަށް ގެންދިޔައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީންނެވެ.  ވަސާޖިއޯއާ ހަވާލުކުރިއިރު ބިޑް ކޮމިޓީގެ ޗެއާއަކަށް ހުންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އެވެ.

ޒަރިޔަންދު މައުމޫނަށް ފޮނުވި ރިޕޯޓުގައި، މުޅި ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ވަސާޖިއޯއާ ހަވާލުކުރުމާއި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމާއި އެ ނޫން ވެސް ކަންކަމުގައި ކޮރަޕްޝަނަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ދޮރު ހުޅުވި ގޯސްތަކެއް ހިންގާފައިވާ ކަމުގެ ތަފްސީލް ހިމަނުއްވާފައިވެ އެވެ.

ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޒިންމާއެއްގެ ތެރެއިން އެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތަކަށް އެއްބާރުލުން ދިނުމާއި އެ އަމަލުތަކުގެ ތެރެއިން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށް ޝިމާޒްގެ މައްޗަށްވަނީ ތުހުމަތުކޮށްފައެވެ.

މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ ގާތްގަނޑަކަށް 75،000 އެވެ. ވަސާޖިއޯ އިން ހުށަހަޅާފައި އޮތް އަގުން ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރު ފުރޮޅު ލީ ވެހިކަލްތައް ބަދަލުކޮށްދިނުން 33.7 މިލިއަން ރުފިޔާ އަރަ އެވެ.

ވަސާޖިއޯ އިން ހުށަހެޅި އަގުތަކަށް ބަލާއިރު، މުޅި ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ބޯޑު ބަދަލުކުރަން އެ ކުންފުނީގެ އަގަކީ ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ އެވެ.

ޝިމާޒް މީގެ ކުރިން “މިހާރަށް” ވިދާޅުވި ގޮތުގައި ވަސާޖިއޯގެ ކުންފުނީގެ އިސް ބޭފުޅަކާ އޭނާއާ ގާތް ގުޅުމެއް ނޯވެ އެވެ. އަދި ބިޑް ކުރުމުގެ މަރުހަލާގައި ބައްދަލު ވެސް ކުރައްވާފައި ނޯންނާނެ ކަމަށާއި ތުހުމަތު އަޅުވަނީ ސިޔާސީ ގޮތުން އަބުރު ކަތިލަން ކަމަށް ވިދާޅުވި އެވެ. ނަމްބަރު ޕްލޭޓް ވަސާޖިއޯއަށް ލިބުމުގައި މިނިސްޓްރީގެ ބަޔަކު ހިތްހަމަނުޖެހިގެން އުޅެނީ އެ މީހުން ބޭނުންވާ ކުންފުންޏަކަށް ހަވާލުނުކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ކުންފުންޏަކާ ހަވާލުކުރި ގޮތް މާލިއްޔަތު ގަވައިދާ ޚިލާފުކަން ފިނޭންސް މިނިސްޓްރީންވެސްވަނީ ބުނެފައެއެވެ. އެގޮތުން އެ މިނިސްޓްރީން ޓްރާންސްޕޯޓަށް ފޮނުވި ސިޓީއެއްގައިވަނީ ނަމްބަރު ޕްލޭޓް މަސައްކަތް ޓްރާސްޕޯޓް އޮތޯރިޓީން ބީލަމަކަށް ނުލެވޭނެ ކަމަށާއި އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: