ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ނެތް ރަށްރަށުގައިވެސް މާސްކް އަޅައި ފިޔަވަޅުތަކަށް އަމަލުކުރަންޖެހޭ: ޑރ ނަޒްލާ

އެޗްއީއޯސީގެ ސްޕޯކްސްޕަރސަން ޑރ.ނަޒްލާ ރަފީޤު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ނެތް ރަށްތަކުގައިވެސް މާސްކް އެޅުން ފަދަ ފިޔަވަޅުތަކަށް އަމަލުކުރަންޖެހޭކަމަށް ހެލްތު އިމްޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް އޮތް ހާލަތަށް އަލި އަޅުއްވާލައްވައި ޑރ ނަޒްލާ ވިދާޅުވީ، ކޮވިޑް ބަލި ފިލައިގެން ދިޔަކަމަށް ހީވިކަމުގައިވިޔަސް އަދި ރާއްޖެއިން ކޮވިޑް ބަލި ފިލައިގެން ނުދާ ކަމަށެވެ. ކޮވިޑަކީ ފަސޭހައިން ފެތުރޭ ބައްޔެއް ކަމަށާއި ރާއްޖޭގައި އަދިވެސް ކޮވިޑް މުޅިން ކޮންޓްރޯލް ނުވާ ކަމަށެވެ.

ކޮވިޑަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއްކަން ފާހަގަކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ޚާއްސަކޮށް ސަމާލުވާންޖެހޭ ކަމަށެވެ. އަދި ބަލި ފެތުރޭ މިންވަރަށް ބަލާއިރު، ބަލި ފެތުރޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ބަލީގެ އަލާމާތް ނުފެނި ބަލި ފަތުރާ މީހުންކަމަށް ދިރާސާތަކުން ދައްކާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ޑރ ނަޒްލާ ވިދާޅުވީ، އެއްވެސް ރަށެއްގައި ނުވަތަ ތަނެއްގައި ބަލި ފުރަތަމަ ފެތުރިގަންނައިރު، އެކަން ނޭންގޭ ކަމަށެވެ. އަދި ކޮވިޑް ފެތުރޭކަން ގިނަފަހަރަށް އެނިިގެންދަނީ ހައިރިސްކް މީހަކަށް ބަލި ޖެހުމުންކަމަށް ވިދާޅުވިއެވެ.

”ނޭންގި ހުއްޓަ ބަލި ފެތުރިގެންދަނީ. އަޅުގަނޑުމްނެގް ރަށްތަކާއި ކަންކަން ހުންނަގިތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށްގެން ނޫނީ އުޅެވޭކަށް ނެތް.“ ޑރ. ނަޒްލާ

މިކަންކަން މިހެން ހުރުމާއެކު، މީގެ ކުރިންވެސް ދެމުން އައި އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލި ނެތް ރަށްރަށުގައިވެސް މިކަންކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަތޮޅުތެރޭގައި، ކޮވިޑް ނުފެތުރޭ ރަށްރަށުގައިވެސް ސްކޫލްތަކަށް ދާއިރު މާސްކް އެޅުމަށާއި، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ވަންނައިރުވެސް މާސްކް އެޅުމަށް ޑރ ނަޒްލާ އިރުޝާދުދެއްވިއެވެ.

ރަށު ތެރޭގައި ބަލި ނެތްކަމުގައިވިޔަސް ފިޔަވަޅުތަކަށް އަމަލުކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. ފިޔަވަޅުތަކަށް އަމަލުކުރާނަމަ، އެކަކު ޕޮޒިޓިވްވި ކަމުގައިވިޔަސް މުޅި ރަށުތެރެއަށް ބަލި ފެތުރިގެން ނުދާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ރަށްތަކުގައި، ކޮވިޑްގެ ކޭސްއެއް ފެނުމުގެ ކުރިން ފިޔަވަޅުތަކަށް އަމަލުކުރަމުން ނުދާކަން ފާހަގަވާކަމަށް ވިދާޅުވިއެވެ. ރަށުތެރެއަށް ބަލި ފެތުރުމުގެ ކުރިން މާސްކް އެޅުން މުހިންމުކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ބަލީގެ އަލާމާތްތައް ހުންނަ ކަމުގައިވާނަމަ، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނަކަށް އެކަން ރިޕޯޓކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. އަދި ބަލީގެ އަލާމާތް ކިތަންމެ ކުޑަކޮށް ހުރިކަމުގައިވިޔަސް، ސާމްޕަލް ނަގައި ޓެސްޓުކުރުމަށް ސިއްހީ ފަރުވާ ފޯރުކޮށްދޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: