ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕާ ދެކޮޅަށް އިދިކޮޅުން ކުރަމުންދާ އިހްތިޖާޖުގެ ތެރެއިން 5 މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޕާއި ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ޖެންޑަރ މިނިސްޓްރީ ހިމެނޭ ސަރަހައްދުގައި ކުރަމުންދިޔަ މުޒާހަރާ ގިނަ އަދަދެއްގެ ފުލުހުން އައިސް ރޫޅާލައި، ފަސް މީހުން ހައްޔަރުކޮށްފިއެވެ.

މި މުޒާހަރާއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު މިނިސްޓްރީއަށް ފޮނުވި ސިޓީއަށް މިއަދާއި ހަމަޔަށްވެސް ޖަވާބު ނުދިނުމާއި އަންހެނުންނަށްކުރާ ޖިންސީ ފުރައްސާރަތަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ގޮވާލައި ކޮށްފައިވާ މުޒާހަރާއަކެވެ. މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތްވާ އަންހެން ކަނބަލުންނެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ފަސް މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މުޒާހަރާ ރޫޅާލުމުގައި ގިނަ އަދަދެއްގެ ފުލުހުންގެ ބައިވެރިވެފައިވާއިރު، ފުލުހުން ވަނީ އެއްވި މީހުން އެސަރަހައްދުން ފޮނުވާލައި މަގުތަކުގެ ސަލާމީ ކަންކަން ބަލަހައްޓަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: