ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިި

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޕާގައި ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި އިއްޔެ ކުރިއަށްދިޔަ އިޙްތިޖާޖުގެ ތެރެއިން ހައްޔަރުކުރި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެ އެއްވުމުން ހައްޔަރުކުރި މީހުންނަކީ އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހުން ކަމަށެވެ. ނަމަވެސް ކޯޓަށް ނުގެންގޮސް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އެ އެންމެން ދޫކޮށްލާފައެވެ.

އިދިކޮޅުން އިއްޔެ ކުރި އިހުތިޖާޖަކީ ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއާ ބައްދަލުކުރުމަށް އެދި ފޮނުވާފައިވާ ސިޓީއަށް ޖަވާބެއް ނުލިބި ތިން މަސްދުވަސް ވެފައިވާތީއާއި އަދި އަންހެނުންނާ ގުޅުންހުރި މައްސަލަތަކުގައި އިންސާފު ނުލިބޭތީ ކުރި އިހުތިޖާޖެކެވެ.

އެ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ފާޠިމަތު ރުޚްޝާނާއާއި މާފަންނު ސްޓިއަރިންގ ކޮމިޓީގެ ސެކްރެޓަރީ އާމިނަތު ނާސިހާއާއި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ކަމަށްވާ ފާޠިމަތު ފައުޒިއްޔާއާއި އާމިނަތު ނަޒީރާއާއި ޒުބައިރާ މުޙައްމަދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: