ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޖޭއަށް 111 މިލިއަން ރުފިޔާގެ ބަދަލެއް ނަގައި ނުދިން

ޒިކުރާ މިސްކިތް މައްސަލައިގައި އެސްޖޭއަށް ބަދަލު ދިނުން ކޯޓުން ބޭރުން ހައްލު ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް ގެއްލުމުގެ ގޮތުގައި 111 މިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްނުގެންދާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއިން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެކަމާ ގުޅިގެން އޭޕްރިލް، 30، 2019ގައި އެސްޖޭއިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

އެ މައްސަލައިގައި އިއްޔެ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ހުކުމް ކުރެއްވީ، ދެ ފަރާތުން ހެދި އެއްބަސްވުން ބާތިލު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނޯޓިސް ފޮނުވާފައި ވަނީ އެއްބަސްވުމުގައިވާ ގޮތާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އެއްބަސްވުން އުވާލީ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް ބެލެވެން ނެތަސް، އެސްޖޭއިން ހޯދުމަށް އެދިފައިވާ ބަދަލު ސާފުކޮށްދެވިފައި ނުވާތީ އާއި ބަދަލަކީ އެއްބަސްވުމުގެ ދަށުން އެސްޖޭއަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ، އެ ބަދަލު ނަގައިދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: