ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރ މައިލްސްގެ ފުރަތަމަ ޕާޓްނަރަކަށް ކްރޮސްރޯޑްސް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޯޑަރ މައިލްސް ހަރަކާތާއި ގުޅުނު ފުރަތަމަ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ވެއްޖެއެވެ.

ބޯޑަރ މައިލްސްއަކީ މޯލްޑިވްސް އިމިގްރޭޝަނާއި ޓުއަރިޒްމް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ފަތުރުވެރިއަކު ކުރާ ދަތުރުތަކަށް ބަލައި ޕޮއިންޓްތަކާއި އިނާޔަތްތައް ލިބިގެންދާނެއެވެ.

ފަތުރުވެރިންނަށް މި ސްކީމް މެދުވެރިކޮށް ޕޮއިންޓް ލިބިގެންދާއިރު ޕޮއިންޓް ލިބިގެންދަނީ ބޯޑާ ހުރަސްކުރާއިރު އާއި ހާއްސަ މުނާސަބަތުގައި ކުރާ ދަތުރުތަކަށެވެ. އެ ޕޮއިންޓް ސިސްޓަމް ވަނީ ތިން ޓިއާއަކަށް ބަހާލާފަ އެވެ. އެއީ ބްރޮންޒް، ސިލްވާ އަދި ގޯލްޑް އެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ ”އައިދަ“ އެވެ. ސިލްވާ އަށް ”އަންތަރަ“ ކިޔާއިރު ގޯލްޑް އަށް ކިޔަނީ ”އަބާރަނަ“ އެވެ.

ރޭގެ ހަފްލަގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ބޯޑާ މައިލްސް ފަދަ ޕްރޮގްރާމްތައް ބައެއް ރިސޯޓުތަކުން މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިރޭ ތައާރަފްކުރި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކުގެ ޕްރޮމޯޝަނަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އިމިގްރޭޝަން އިން އިންތިޒާމުކޮށްގެން ތައާރަފުކުރި އެ ހިދުމަތުގެ ދަށުން ފަތުރުވެރިންނަށް އެކި ކަހަލަ ބެނެފިޓްތައް ރިސޯޓުތަކުން ލިބިގެންދާނެ އެވެ. އަދި އެ ފަތުރުވެރިންނަށް އެކްސްކްލޫސިވް ހިދުމަތްތަވެސް އެފަރާތްތަކަށް ލިބިގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: