ޓެކްސީ ޑްރައިވަރު ޤާސިމް އިބްރާހިމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދުގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
އެ ޝަރީއަތް ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 09:00 އަށެވެ. ކްރިމިިނަލް ކޯޓުން ބުނެފައިވަނީ އެ އަޑުއެހުން ކެންސަލް ކުރީ އަދުހަމްގެ ވަކީލު އެދިގެން ކަމަށެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ޤާސިމް މަރާލި ކަމަށް އިއުތިރާފްވެފަ އެވެ. އެހެން ނަމަވެސް މައްސަލައިގައި އަވަސްނިޔާގެ ދަށުން ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ އިއުތިރާފް އަނބުރާ ގެނެސްފަ އެވެ.
ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި އޮށްވާ ފެނުނީ 2019 ޑިސެމްބަރު ހަތަރުވަނަ ދުވަހު އެވެ.

