ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރުން ހަންދާވަރަށް ކޮރަޕްޝަނުގެ ވާހަކަ ދެއްކިޔަސް ނަތީޖާއެއް ނުފެނޭ: ޑރ. ޑީޑީ

އެމްޑީޕީގެ ކުރީ ރައީސް ޑރ. އިބްރާހިމް ދީދީ (
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ހަރުގޭގައާ އެނޫންވެސް ތަންތަނުގައި ކަރުން ހަންދާ ވަރަށް ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތުކޮށް ވެރިކަމަށް އަޔަސް އަދިވެސް ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި  ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ، ވެރިކަމަށް އައުމަށް އެމްޑީޕީއާ ގުޅިފައިވާ އިއްތިހާދުން އެންމެ ބޮޑަށް ވިއްކި އެއްޗަކީ ވައްކަމާއި ކޮރަޕްޝަނުން ރާއްޖެ ސަލާމަތްކޮށްދިނުމުގެ ވައުދު ކަމަށެވެ. ނަމަވެސް ވެރިކަން ލިބި ދެއަހަރު ވެގެންދިޔައިރުވެސް ރައްޔިތުން އެދުނު ފަދަ ބަދަލެއް ގެނެވިފައިނުވާ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ރައްޔިތުން އުއްމީދުކުރި ގޮތާއި ގާތަށްވެސް، ކަންތައްތައް ވަމުންނުދާތީ ބޮޑު މާޔޫސްކަމެއް ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ. މިސަރުކާރު ވެރިކަމަށް އައިފަހުން ހިނގާފައިވާ ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލައާއި އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ އަޑު މަޑުވަމުން ގޮސް އެވާހަކަ ދައްކާލާނެ ސަރުކާރުގެ ވެރިއަކު ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޑީޑީ ވިދާޅުވިއެވެ.

ސަރުކާރުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އެމްއެމްޕީއާރުސީގެ ވާހަކަ މިހާރު ނުދައްކާއިރު، މިހާރު އިވެނީ މި ސަރުކާރުގެ މަޤާމުތަކާއި މަޖިލީހުގައިވެސް އެޚިޔާނާތުގެ ބައިވެރިން ތިބި އަޑު ކަމަށެވެ.

“މިހާރު މި އިވެނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގައި މި ވާހަކަ ދައްކާނެ ބޭފުޅަކު ނެތް ވާހަކަ، އެކަމަކު މިއަދު އިވޭ އަޑަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހޭކިފައިތިބި މީހުން ސަރުކާރުގެ މަޤާމުތަކުގައާއި މަޖިލީހުގައި ވެސް ތިބި އަޑު” ޑީޑީ

މީގެ އިތުރުން ޑީޑީ ވިދާޅުވީ ރައްޔިތުންނަށް އެތައް ވައުދުތަކެއް ވެގެން ވެރިކަމަށް އައުމަށްފަހު، މަސައްކަތްކުރަންވާނީވެސް އެގޮތަށް ކަމަށެވެ. އަދި ރައްޔިތުންވެސް އެދެނީ އެވައުދުތައް ފުއްދައިދޭނެ ދުވަހެއް އެނގުން ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދާ ކޯލިޝަން ޕާޓުނަރުން ބޭނުންވާ ގޮތަށް އެމީހުންގެ ހިތް ރުއްސައިގެން ވެރިކަންކުރަން އުޅެފިނަމަ ފަހުން ނަގާރާޅު ބޮޑުވާނެ ކަމަށެވެ. ރައްޔިތުންގެ ޝަކުވާތަކަށް އިޖާބީދީ ރައްޔިތުންގެ މައްސަލަތަކަށް ހައްލެއް ހޯދައިނުދީ، ކޯލިޝަން ޕާޓްނަރުން ހިތްރުއްސައިގެން ލިބޭނެ މަންފާއެއް ނެތް ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.

މިއަދު ވާދަވެރި، ޒިންމާދާރު އިދިކޮޅު ފަރާތެއް ނެތުމަކީވެސް ވަރަށް ބޮޑަށް ގައުމަށް ލިބެމުންދާ ގެއްލުމެއް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރިހަމަ ނިޒާމެއް ގެނެވޭނީ ރަނގަޅު އިދިކޮޅު ފަރާތެއްވެސް އޮވެގެން ކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި މިހާރު އިދިކޮޅުގައި އޮތް ޕާޓީންވެސް މުޅިން ދައްކަނީ ކުރީގެ ރައީސަކު މިނިވަންކުރާ ވާހަކަ ކަމަށާއި ގައުމުގައި ހުރި ބޮޑެތި ކަންކަމަށް ފޯކަސް ނުކުރާ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: