ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭއިން ރާއްޖޭގެ ވެރިކަންކުރާހެން ހީވޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް. ފޮޓޯ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި މިހާރު ވެރިކަންކުރަމުންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންހެން ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމާއި ގުޅޭ ގޮތުން ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ދައުރުން ބޭރުން ޚާއްސަ ޖަލްސާތަކެއް ނުބާއްވާ ކައުންސިލް އިންތިޚާބު ބޭއްވޭނެ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީ ކުރިންވެސް ޤާނޫނު އަސާސީއާ ޚިލާފަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އިތުރު ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަކި ގޮތަކަށް އިއުލާންކުރުމުން އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބު ބޭއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އިންތިޚާބުތަކާއިބެހޭ ޚާއްސަ ޤާނޫނުން އެގޮތަށް އެފުރުސަތު އެބަ އޮތް ކަމަށެވެ. އެކަމަކު އެކަންނުކޮށް އަނެއްކާވެސް މަސައްކަތް މި ކުރެވެނީ އިލެކްޝަންސް ކޮމިޝަނުގެ ބާރުތައް ކަނޑުވާލުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންތިހާބާއި ބެހޭ ކޮމިޝަނެއް އޮވެ، އެޗްޕީއޭއަށް އިންތިޚާބު ބޭއްވުމުގެ ބާރުލިބޭ ގޮތަށް ޤާނޫނުތައް ފަރުމާ ކުރެވިގެންދާތީ، މިއަދު ރާއްޖޭގެ ވެރިކަން ހިންގަމުންދަނީ ރައީސް ސޯލިހު ވިދާޅުވާ ގޮތަކަށް އެޗްޕީއޭ އިންހެން ހީވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީ ވަކި ގޮތަކަށް ކަނޑައަޅާފައިވާ ކަމެއްގައި އެޗްޕީއޭގެ ބާރު އެކަމުގެ ތެރެއަށް ވަންނަ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ބާރުތައް ހަނިކޮށް، އެކަންކަން މި ހަވާލުކުރެވެނީ އެޗްޕީއޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާ ބާއްވައިގެންވެސް ކުރަަމުންދާ މަސައްކަތައް ޤާނޫނު އަސާސީ އާއި ޚިލާފު ކަމަށާއި މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީގެ އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ ތިމަންނަމެންގެ ދަރިއެކޭ ކިޔައިގެން ހޮޅުއަށިތަކުގައި ވާހަކަ ދައްކަން އެމްޑީޕީން ވަރަށް މޮޅުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހޮޅުއަށީތަކުގައި ވާހަކަ ދައްކަން ކިތަންމެ މޮޅަސް، ރައްޔިތަކަށް މޮޅެއް ލިބޭ ގޮތަށް އަދި ފައިދާއެއްވާ ގޮތަށް، ރާއްޖެއަށް ހެޔޮ ގޮތަކަށް ކަމެއް ކުރަންޖެހުމުން އެމްޑީޕީ އަބަދުވެސް ފަހަތު ފަޔަށް ބުރަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އަތްލެވޭ ތަރައްޤީއަކީ އެމްޑީޕީ ދަންނަ އެއްޗެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ޤާނޫނު އެއްކޮށް ބަދަލުކުރެވިގެން ދިޔަ ތަން ފެނުނު ކަމަށާއި މުޅި ގާނޫނު ބަދަލުކުރިއިރު ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއް ދޭނެ ވާހަކަ އޮތް ނަމަވެސް ޚާއްސަ ޤާނޫނެއް ހަދައިގެން އެބާރުތައް ހަނިކޮށްފައިވާ ކަމަށެވެ. ކައުންސިލުތަކަށް އާމްދަނީ ލިބެން އޮތް މަގެއް ވިއްޔާ، ޚާއްސަ ޤާނޫނުގެ ދަށުން ހަނިކޮށްފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބު އިންސާފުވެރިވާނެ އެއްވެސް ހަމައެއް ނެތެވެ. ސަބަބެއް ކަމަށް ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވުމެވެ. ޝިޔާމް ވިދާޅުވީ ހަމައެކަނި ވާދަވެރި ޕާޓީގެ ލީޑަރަކަށް ހުންނެވި ފަރާތް އެވަނީ ނުހައްޤުން ނާއިންސާފުން ޖަލަށްލާފައި ކަމަށެވެ.

“ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިޚާބެއްގައި ވާދަވެރި އިދިކޮޅު ޕާޓީގެ ލީޑަރު ޖަލުގައި ބާއްވައިގެން އިންތިޚާބު ކުރިއަށް ގެންދިޔުމުން، އެއީ އިންސާފުވެރި އިންތިޚާބަކަށްވާނެ ހަމައެއްވެސް ގޮތެއް ނުފެނޭ، ކައުންސިލް އިންތިޚާބު އިންސާފުވެރިވާނެ އެއްވެސް ހަމައެއް ނެތް. ރައީސް ޔާމީން ނުހައްގުން ޖަލުގައި ބާއްވައިގެން އިންސަފުވެރި އިންތިޚާބެއް ނުބޭއްވޭނެ. ރައީސް ޔާމީން ޖަލަށް ލުމުގެ އެންމެ އަޑީގައި ހުރި މީހާ ހުންނެވީ އޭސީ ކޮޓަރީގައި” ޝިޔާމް

މީގެ ިއތުރުން ޝިޔާމް ވިދާޅުވީ އިންތިޚާބު އިންސާފުވެރި ނުވާނެކަން ދިވެހި ހުރިހާ ރައްޔިތުން ޤަބޫލު ކުރައްވާކަމަށެވެ. އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނީ، އިންތިޚާބުގައި ވާދަކުރާ ހުރިހާ ޕާޓީތަކަށާއި، ކެންޑިޑޭޓިންނަށް މިނިވަންކަމާއިއެކު ހަރަކާތްތެރިވުމުގެ ފުރުސަތުދީގެ ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަދުވެސް ފެނިގެންދަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ނުހައްގުން ޖަލަށްލައި އެމަނިކުފާނު ބަންދުކޮށްގެން އިންތިޚާބު ބޭއްވުމަށްކަމަށެވެ. އަދި ސަރުކާރުގެ ތެރެެއިން ފެނިގެންދަނީ މަޖިލިސް ބޭނުންކޮށް މުޅި ނުޒާމުގެ ބާރުވެރިކަން މުށު ތެރެއަށްލައި އިންސާފުގެ ހަމަ ނިގުޅައިގަންނަމުންދާ މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: