ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޙިލާފުވާ ފަރާތްތަކަށް ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ އުސޫލެއް!

ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދުތަކާއި ޙިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރާނެ ގޮތުގެ އުސޫލު ގެޒެޓްކޮށްފިއެވެ.

އާދިއްތަ ދުވަހު ގެޒެޓްކުރި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވުނު އެއްވަނަ އިސްލާހުގައި، ސިޔާސީ ޕާޓީގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ސިޔާސީ ޕާޓީތަކުގައި ގަވާއިދާ ޙިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގައި އީސީން ބަލަންޖެހޭ ކަންކަމާއި، އެ ކޮމިޝަނުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ ކުރިން ގަވާއިދާ ޙިލާފުވީކަން ކަށަވަރުކުރުމާއި، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއި މުއައްސަސާތަކުން ލިޔެކިޔުން ހޯދުމާއި، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ އިތުރަށް މައްސަލައާ ގުޅުންހުރި ހެކި ހުރިކަން ކަށަވަރަކުރުމަށް އުސޫލުގައި ވެއެވެ. އަދި މި ހުރިހާ ކަމެއްކުރެވެން ވަނީ ރަނގަޅަށް ރެކޯޑްތައް ބެލެހެއްޓިގެން ކަމަށްވެސް ވެއެވެ.

އޭގެއިތުރުން ސިޔާސީ ޕާޓީގެ ގަވާއިދާ ޙިލާފުވެގެން ހުށައެޅޭ މައްސަލަތައް ރައްދުވާ ފަރާތްކަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ލިބިދޭއިރު، މައްސަލައާ ގުޅުންހުރި ހުރިހާ ލިޔެކިޔުމެއް އީސީން ފޯރުކޮށްދޭންޖެހެއެވެ. އަދި މައްސަލައިގައި ގޮތެއް ނިންމަން ވާނީ މައްސަލަ ރައްދުވާ ފަރާތުން ދައްކާ ވާހަކަތަކާއި، އެ ފަރާތުން ހުށައަޅާ އެހެނިހެން ހެއްކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޙިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް އިލެކްޝަން ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ދަށުން ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރުދުން ޖޫރިމަނާކުރެވެއެވެ. އެގޮތުން މައްސަލައިގެ ބާވަތަށް ބަލައި، 5،000ރ. އާއި 50،000 ރ. އާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިދެއެވެ. އޭގެއިތުރުން، ސިޔާސީ ޕާޓީއެއް އުވައިލަން ޖެހޭފަދަ އަމަލެއްކޮށްފިނަމަ، އެ މައްސަލަ ހައި ކޯޓަށް ހުށައަޅައިގެން އެކަން ކުރެވޭނެ މަގު އެ ކޮމިޝަނަށް ވަނީ ފަހިކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: