ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން 10،000 ޑޮލަރުން މަތީގެ ނަގުދު ފައިސާ ކަސްޓަމްސްއަށް ރިޕޯޓްކުރަން ޖެހޭނެ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު/ ފޮޓޯ: ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނަގުދު ފައިސާ އެތެރެކުރުމާ ބޭރުކުރުމާ ގުޅޭ ގަވާއިދަށް އެމްއެމްއޭއިން ގެނައި އިސްލާހުގައި ވަނީ، 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ މި އަދަދަށްވާ ނުވަތަ މި އަދަދަށްވުރެ މަތީ އަދަދަކަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ކަސްޓަމްސްއަށް ރިޕޯޓްކުރަން ޖެހޭ ގޮތަށް ކަނޑައަޅާފައެވެ.

މިއީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްއެމްއޭއިން މި ގަވާއިދު އިސްލާހުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ގަވާއިދު އިސްލާހުކުރީ 20،000 ޑޮލަރު ނުވަތަ އެއަށްވުރެން މަތީގެ އަދަދަކަށްވާ ނަގުދު ފައިސާ ރިޕޯޓްކުރަން ޖެހޭ ގޮތަށެވެ. މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުމުގެ ގާނޫނު ވުޖޫދުވެގެން އައިއިރު، އެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަކީ 30،000 ޑޮލަރެވެ.

ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓްކުރަން ޖެހެނީ ކަސްޓަމްސް ކްލިއަރެންސް ހެދުމުގެ ކުރިން ޑިކްލަރޭޝަން ފޯމެއް މެދުވެރިކޮށެވެ. މި އަދަދަށް ނަގުދު ފައިސާ ހުރެ، އެހެންނަމަވެސް ރިޕޯޓް ނުކުރާ ފަރާތްތަކުގެ ފައިސާއަކީ މަނީ ލޯންޑަރިންގ ނުވަތަ ޓެރަރިޒަމާ ގުޅޭ ފައިސާއެއް ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވޭނެ މި ފައިސާ ހިފެހެއްޓޭނެއެވެ. އަދި ޑިކްލަރޭޝަން ފޯމުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވޭނެނަމަވެސް ފައިސާ ހިފެހެއްޓުމުގެ ބާރުތައް ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: