ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފްސީއިން 381 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޑީއެފްސީއިން ލޯނުުގެ ގޮތުގައި 381 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެސްޑީއެފްސީއިން ބުނެފިއެވެ.

އެސްޑީއެފްސީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް-19އާއި ގުޅިގެން ވިޔަފާރި އެހީގެ ގޮތުގައި 2205 ލޯނު ވަނީ ދޫކޮށްފައެވެ.

މޯގެ ތެރޭގައި ހިމެނެނީ ވިޔަފާރިތަކަށް ދޫކުރެވުނު އެހީތަކާއި އަމިއްލަ މަސައްކަތްތައް ކުރާ މީހުންނަށް ދޫކުރެވުނު ފައިސާއެވެ. ވިޔަފާރިތަކަށް 68.9% ފައިސާ ދޫކޮށްފައިވާއިރު އަމިއްލަ ވިޔަފާރިތަކަށް 31.1% ފައިސާ ވަނީ ދޫކޮށްފައެވެ.

ވިޔަފާރިތކަށް ދޫކުރެވުނު ފައިސާގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް ދޫކުރެވުނު ފައިސާއެެވެ. ދާއިރާތައް ވަކިވަކިން ބަލާއިރު ނިސްބަތުން އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ އެކި ވިޔަފާރިތަކަށެވެ. އެގޮތުން ވިޔަފާރިތަކަށް 38.4 އިންސައްތަ ދޫކޮށްފައިވާއިރު، އިމާރާތް ކުރުމުގެދާއިރާއަށް 9.3% އަދި އުފެއްދުންތެރިކަމުގެ ދާއިރާއަށް ލޯނުގެ 5.3% ވަނީ ދޫކޮށްފައެވެ. މީގެ އިތުރަށްވެސް ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ އަދި ދަނޑުވެރިކަމުގެ ދާއިރާއަށްވެސް އެސްޑީއެފްސީ މެދުވެރިކޮށް ވަނީ ލޯނު ދޫކޮށްފައެވެ.

އެސްޑީއެފްސީއިން މައުލޫމާތުދޭ ގޮތުގައި 2020 ވަނަ އަހަރު ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖުގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން އެސްޑީއެފްސީއިން ވަނީ އަމިއްލަ ވިޔަފާރިކުރާ 639 ފަރާތަކަށް އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ 1414 ފަރާތަކަށް ލޯނުދޫކޮށްފައެވެ.

ކޮވިޑް-19އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ލޯނުތައް ދޫކޮށްފައިވާއިރު ޑެޓް މޮރިޓޯރިއަމްއެއްގެ ދަށުން އަމިއްލަ ފަރާތްތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ވަނީ ފަސްކޮށްދީފައެވެ.

ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރާއިރު، ލޯނަށް އެދި ހުށައެޅެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ރިސޯޓްތައް އަދި ވިޔަފާރިތަކުގެ ތެރެއިން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ވިޔަފާރިތަކުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލީ ގޮތުން ނޭދެވޭ އަސަރުކޮށްފައިވާނަމައެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި %6 އިންޓަރެސްޓްގައި، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކުއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ވިޔަފާރިތަކުގެ ތެރެއިން ވިޔަފާރި ހިންގުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ވިޔަފާރިތަކަށެވެ. މިސްކީމްގެ ދަށުންވެސް ލޯނު ދޫކުރަނީ %6 އިންޓަރެސްޓްގައި، 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: