މި ސަރުކާރުން އާޝޯހްވެފައި، އެކި އޭންގަލްތަކުން ބަލަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްޤީ ކަމަށް އެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުލޭގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައި ލެއްވުމަށް ރައީސް ޞާލިހު ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ. ކުރައްވަމުންދާ ޒިޔާރަތްތަކަށް އިޝާރާތް ކުރައްވައެވެ.
އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު އާޝޯހްވެފައި، އެކި އޭންގަލްތަކުން ބަލަނީ ރައީސް ޔާމީންގެ ތަރައްޤީ ކަމަށާއި ބޭސްމަލަންކޮޅެއް އެޅުނަސް ސަރުކާރަށް ހީވަނީ އާ އުސްމިންތަކަކަށް ދެވުނީހެން ކަމަށެވެ.
”ރައީސް ޔާމީންގެ ސިންތެޓިކް ޓްރެކާ، ޒުވާނުންނަށް މުޅިރާއްޖޭގައި ހިންގެވި ޕޮރްގްރާމްތަކަކީ / ފެސިލިޓީތަކަކީ އަސްލު ބިންގާ.“ ޖަމީލް ވިދާޅުވިއެވެ.
މާލޭގައި އެޅި ސިންތަޓިކް ޓްރެކް ހުޅުވާފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް އެޅި ސިންތަޓިކް ދެވަނަ ޓްރެކެވެ. ފުރަތަމަ ޓްރެކް އަޅާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައެވެ.

