ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުގެ މައްސަލަ ތަހުގީގު ނުކުރަން އޭސީސީން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓާއި ގުޅޭގޮތުން “އާއްމުންގެ އެކުވެރި ގުޅުން” ގެ ފަރާތުން ހުށަހެޅި މައްސަލަ ތަހުގީގު ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

އެ މައްސަލަ ތަހުގީގު ނުކުރަން އޭސީސީން ނިންމީ ހިޔާ ފްލެޓްތައް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހުވާ ގޮތަށް އަމަލުކޮށްފައިވާކަން ފާހަގަ ކުރެވިފައިނުވާ ކަމަށް ބުނެއެވެ. ހިޔާ މަޝްރޫއުތަކުގެ ފްލެޓުތަކުގެ ވަގުތީ ލިސްޓުތައް އާންމު ކުރުމާއެކު އެކަމާ ގުޅޭ ސަތޭކައަށް ވުރެ ގިނަ މައްސަލަ އޭސީސީއަށް ހުށަހެޅިފައިވެއެވެ.

އާއްމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން މިފަދަ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވަނީ H7 ކެޓަގަރީ ފިޔަވައި އެހެން އެއްވެސް ކެޓެގަރީއެއްގެ ބަޔަކަށް ދިރިއުޅުމުގެ ހާލަތަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ލިބިފައި ނެތް ކަމަށް ބުނެއެވެ.

އޭސީސީން ވަނީ އެ ކެޓެގަރީތަކަށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ފެންނަ ކަމަށް ބުނެ، ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ލަފާ ދީފައެވެ.

ފްލެޓް ކޮމިޓީން އިއުލާންކުރީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމުން ހަތަރު ކެޓަގަރީގެ ލިސްޓަށް 3،068 ޝަކުވާ ހުށަހަޅައިފައިވެއެވެ.

ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރިއެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ލިސްޓު އެކުލަވާލަމުން އަންނައިރު ކުރީގެ ސަރުކާރުން 7،000 ފްލެޓަށް ހުޅުވާލިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ފިހާރަތައް ފަދަ ޒަރޫރީ ބޭނުންތަކަށް މި ސަރުކާރުން ހުސްކުރުމުން އެ މަޝްރޫއުގައި ފްލެޓުގެ އަދަދަކީ މިހާރު 6،720 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: