ސެމްސަންގްގައި އިސްކޮށް ހުންނަވާ ލީ ޖޭ ޔޮންގް ރިޝްވަތުގެ މައްސަލައަކާ ހެދި ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން އެގައުމުގެ ހައި ކޯޓަކުން ހުކުމްކޮށްފި އެވެ.
ލީގެ މައްސަލަ ގުޅިފައި ވަނީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭގެ ކޮރަޕްޝަނުގެ މައްސަލައާ އެވެ.
ލީގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ފައިދާތައް ހޯދުމަށްޓަކައި ޗޮއި ސޫން ސިލްގެ ދެ ފައުންޑޭޝަނަކަށް 43 ބިލިއަން ވޮން (37.7 މިލިއަން ޑޮލަރު)ގެ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.
ލީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވާފަ އެވެ

