ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ޝާހީން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 2018 ވަނަ އަހަރު ހައްޔަރުކުރި މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ)ގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގދައުވާއެވެއަތުލައިގަތް މަސްތުވާތަކެތި ބަންދުކޮށްފައިވާ ހަތް ޕެކެޓުގައި 6924.800 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

ޝާންޓޭ ހައްޔަރުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހުގެ ރޭ 22:30 އެހައިކަންހާއިރު ހ. ސާމަރާގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

މަސްތުވާތަކެތި ފެނުނީ ހ. ސާމަރާގޭގައި ޝާންޓޭ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު، އެ ކޮޓަރީގެ ސްޓޮކް ރޫމް ތެރޭގައި ޓޭޕްއަޅައި ބަންދުކޮށްފައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ޑަސްބިން ކޮތަޅެއްގެ ތެރެއިންނެވެ.

މި ދަޢުވާއަށް ޝާހީން އިންކާރުކުރި ނަމަވެސް ދަޢުވާ ސާބިތުވާކަމަށް ޙުކުމުގައި ވަނީ ބުނެފައެވެފަސް ލައްކަ ރުފިޔާއަށް ޖޫރިމަނާކޮށްފައިވާއިރު، ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް ދެއްކުމަށް ވެސް އެ ހުކުމްގައި އޭނާއަށް އަންގާފައި ވެ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: