2020 ވަނަ އަަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތައް 2019 ވަނަ އަހަރު ހުށަހެޅި މައްސަލަތަކާއި އަޅާބަލާއިރު މަދު ކަމަށް ފުލުހުން ބުނެފި އެވެ .
ފުލުހުން ބުނެފައިވަނީ ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާލާއިރު، ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތައް މިދިޔަ އަހަރު ހުށަހެޅުނު އަދަދު މަދުވެފައިވާ ކަމަށެވެ. .
ފުލުހުން ބުނެފައިވަނީ މިދިޔަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަދުއަހުލާގީ މައްސަލަތަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކައުންޓަރ ފީޑް ފޯޖަރީގެ މައްސަލަތަކާއި، މަކަރާ ހީލަތުގެ މައްސަލަތައް ހުށަހެޅުނު އަދަދު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ބަދުއަހުލާގީ މައްސަލަތަކުގެ 411 މައްސަލައެއް 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު 490 މައްސަލައެއް ހުށަހެޅިފައިވެއެވެ. ޖިންސީ ފުރައްސާރައިގެ 38 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 72 މައްސަލައެއް ހުށަހެޅިފައިވެއެވެ.
ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 219 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު ހުށަހެޅިފައިވަނީ 245 މައްސަލައެވެ.

