ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންނަށް ގޮނޑި ހާއްސަކުރުން ގާނޫނު އަސާސީއާ ތަޢާރަޒެއް ނޫން: ހައިކޯޓު

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ތައާރަޒުވާ ކަމެއް ނޫން ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފް އިސްލާހެއް ކަމަށްބުނެ އެމައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، އަދި ގާނޫނީ ވަކީލު މޫސާ އަންވަރެވެ.

ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް ލާމަރުކަޒީ ޤާނުނަށް މަޖިލީހުން ފާސްކުރީ 2019 ވަނައަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަދުވަހުއެވެ. ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މޫސަ އަންވަރު ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވަނީ އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ރާއްޖޭގެ ގާނޫނުއަސާސީ ތަން ނުދޭ ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ބަޔާން ކުރާ ބައެއް އަސާސީ ހައްގުތައް އެކަމުން ނިގުޅައިގަނެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެންނެވެ.

މީގެ އިތުރުން އެކަމަކީ ގާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ތަފާތު ނުކުރުމުގެ ހައްގު ގެއްލިގެން ގޮސް ފިރިހެނުންގެ ހައްގުތައް ގެއްލި އެމީހަކު ބޭނުންވާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ވެސް ގެއްލިގެންދާ ކަމަށް މޫސަ ވިދާޅުވެފައިވެ އެވެ.

މި މައްސަލާގައި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރި ގޮތުގައި އަންހެނުންނަށް ގޮނޑި ހާއްސަކުރުމުން އެއްވެސް ބައެއް އަސާސީ ހައްގެއް ހަންޏެއްނުވެއެވެ. އަދި މި ބަދަލު ގެނެސްފައިވަނީ ޑިމޮކްރެޓިކް ޤައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލްތަކުގެ މައްޗަށް ބަލާ ފާސްކޮށްފައިވާ ޤާނޫނެއްކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަން ލިބިދޭން ޖެހޭ ބައެއްކަން އިލްމީ ލިޔުންތަކުންވެސް އެނގެންހުރި ކަމަށާއި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ޖިންސީ ތަފާތު ކުރުން ނޫން ކަމަށް ޔޫރަޕިއަން ކޯޓް ހިއުމަން ރައިޓްސް އަދި ޔޫރަޕިން ކޯޓް އޮފް ޖަސްޓިސްއިން މީގެ ކުރިން ކަނޑައަޅާފައިވާކަން ދައުލަތުން ފާހަގަ ކުރިއެވެ.

މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒްއެވެ. ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސްފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ އާއި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރާއި، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފް އިބްރާހީމް އެވެ.

ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ މާއްދާތަކުން ތަފާތުކުރުން ފެންނަން އެބަހުރިކަމަށެވެ. އެގޮތުން ވަކިކަންކަމުގައި އުމުރުތައް ކަނޑައަޅާފައި ހުރުމުން ޤާނުނު އަސާސީގައި ދެވަނަ ބާބުގައި ހުރިކަންކަމަކީ މުތުލަގުކޮށް ދީފައިވާ ހައްގުތައް ނޫންކަން އެގޭކަމަށެވެ. އަދި އަންހެނުންނަށް ވަކި ގޮނޑިތަކެއް ކަނޑައެޅުމަކީ ޖިންސުގެ ތަފާތުކުރުންތަކެއް ނަމަވެސް އެ ނިންމުމަކީ ޤާނޫނު އަސާސީއާއި ހިލާފު ނިންމުމަކަށް ނުވާނެކަމަށެވެ.

ވަކި ބަޔަކަށް ނުވަތަ ވަކި ޖިންސަކަށް ރައްކާތެރިކަން ދިނުމަށް ޤާނޫނުތަކުން ތަފާތުކުރުން ގެނެވިދާނެކަމަށް ޤާނޫނު އަސާސީގައި ބުނާއިރު ސިޔާސީ އިގްތިސާދީ އިޖުތިމާއި ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އަންހެންހުން ބައިވެރިކުރުވުމަށް ޖެންޑަރ އިކުއަލިޓީ ޤާނޫނުގައި ބާރުދީފައިވާކަންވެސް ހައިކޯޓްގެ ހުކުމްގައިވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް ލާމަރުކަޒީ ޤާނުނަށް ގެނައި އިސްލާހުން އިންތިޚާބުގައި ޖުމްލަ 300 ވުރެ ގިނަ ގޮނޑި އަންހެނުންނަށް ހާއްސަކުރަންޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: