ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް ހުޅުވަން ހުއްދަ ދީފި

ދަރިވަރަކު ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯ ބަލަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ހާލަތާއި ގުޅިގެން ބަންދުކުރި ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތަކުގައި އަލުން ކިޔަވައިދޭން ފެށުމުގެ ހުއްދަ ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކޮށް ކުރި އިއުލާނެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތަކުގައި މިއަދުން ފެށިގެން ހިދުމަތް ދެވޭނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް އެ ކްލާސްތައް ހިންގުމަށާއި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކްލާސްތަކުގައި ކިޔަވައިދިނުމަށް ވަނީ އަންގާފައެވެ.

ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތަކުގައި ކިޔަވައިދިނުމުގެ ހުއްދަ ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ، ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ނިމިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ބަންދުކުރުމަށްފަހުގައެވެ. އަދި އޭގެފަހުން އަހަރުގެ އެކި ދުވަސްތަކުގެ ތެރޭގައި ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގައި ކިޔަވައިދޭން ފެށިނަމަވެސް މި ކްލާސްތައް ހުޅުވަން ހުއްދަ ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: