ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނާމް ފައިސާއަށް ހުށައެޅި އަދަދު މަދުވެގެން އެމްއެމްއޭއަށް ފާޑުކިޔުން

މުބާރާތަށް ހުޅުވާލިކަން އިއުލާންކުރަން އެމްއެމްއޭއިން ބޭނުންކުރި ޕޯސްޓަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރުފިޔާ ނިޝާން ފަރުމާކުރަން އެމްއެމްއޭއިން ހުޅުވާލި މުބާރާތުގެ އެންމެ މޮޅު ހުށައެޅުމަކަށް ލިބޭ އިނާމު ފައިސާގެ އަދަދު މަދުވެގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މުޅިން އަލަށް ތައާރަަފުކުރެވޭ މި ނިޝާން ފަރުމާކުރާ މުބާރާތުގެ އެންމެ މޮޅު ހުށައެޅުމަކަށް ލިބެނީ 20،000ރ. ގެ ފައިސާގެ އިނާމެކެވެ. އަދި އެއްވަނައަށް ހޮވޭ ހުށައެޅުން ވެގެންދާނީ އެމްއެމްއޭގެ އިންޓަލެކްޗުއަލް ޕްރޮޕަޓީއަކަށެވެ. މާނައަކީ އެ ނިޝާންގެ މައްޗަށް އެ ފަރުމާކުރި ފަރާތުގެ އެއްވެސް ހައްގެއް ނޯންނާނެއެވެ.

މި މައްސަލައިގައި ހުށައަޅާފައިވާ ފައިސާގެ އަދަދު އެއީ ނުބައްދަލު އަދަދެއްކަމަށް ގިނަ ބަޔަކު ބުނާއިރު، އެމްއެމްއޭއިން ފަންނީ ބަޔަކު ލައްވާ ހިލޭ މަސައްކަތްތަކެއް ކުރުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިއެވެ.

އެގޮތުން، އެމްއެމްއޭގެ ޓްވީޓަށް ރައްދުދީ މީހަކު ކުރި މީހުން ބުނީ މިއީ އެތައް ބަޔަކު ލައްވާ އުޖޫރައެއް ނުދީ ބުރަ މަސައްކަތްތަކެއް ކުރުވުންކަމަށެވެ. އޭގެ ތެރެއިން “ޒެއިނާސްއާޓް” ނަމުގައި ޓްވިޓަރގައި ހަރަކާތްތެރިވާ އެކައުންޓަކުން އަގާ މެދު ކަންބޮޑުވުން ފާޅުކޮށް ލިޔުނީ، މިއީ ބޮޑު ލަދެއްކަމަށެވެ. އަދި މި ގައުމުގައި ޑިޒައިން މަސައްކަތްތަށް އަގުނުކުރާ މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ބޭނުންކުރެވޭނެ ނިޝާނެއް ފަރުމާކުރުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި އެވަރުގެ ފަންނީ އަދި ބުރަ މަސައްކަތަކާ ނުބައްދަލު އިނާމެއް ލިބޭ މުބާރާތެއް ބޭއްވުން ގޯސްކަމަށް އޭނާ ދެކޭއިރު، އެމްއެމްއޭގެ އެ ނިންމުން ބަދަލުކުރުމަށް އެދުނެވެ.

މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ 21 ވަނަ ދުވަހުގެ، 14:00 އެވެ. ނިޝާން ފަރުމާކުރުމުގައި ގެންގުޅެންޖެހޭ އުސޫލާއި، ހުށައަޅަންޖެހޭ ގޮތުގެ އިތުރުން މާކްސް ދިނުމުގައި ގެންގުޅޭން މިންގަނޑު އެމްއެމްއޭގެ ވެބްސައިޓުން ފެންނާނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: