ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާ ރޫޅާލައި އެތައް ބަޔަކު ހައްޔަރުކުރުމަކީ ސަރުކާރު ވެއްޓުމުގެ ފެށުން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން މިއަދު ކުރި މުޒާހަރާ ރޫޅާލައި އެތައް ބަޔަކު ހައްޔަރުކުރުމަކީ ސަރުކާރު ވެއްޓުމުގެ ފެށުން ކަމަށް  މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ ފުލުހުންގެ ކަންތައްތައް ހުރި ގޮތް މިއަދު ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށާއި ޑިމޮކްރެސީގެ ކަންކަން ރާއްޖޭގައި އޮތް މިންވަރު ވެސް މިއަދު ފެނިގެން ގޮސްފައިވާ ކަމަށެވެ.

”އަޅުގަނޑު ދަންނަވާލާނީ ރައީސް ސޯލިހުގެ ސަރުކާރު ވެއްޓުމުގެ ފެށުން މިއީ، އިނގޭތޯ.  ސައީދު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީނަށް ކިތަންމެ ވަރަކަށް އަނިޔާކުރި ނަމަވެސް އެމަނިކުފާނު އެނބުރި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އިދިކޮޅުން މިއަދު ކުރި މުޒާހަރާގެ ތެރެއިން ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: