2020 ވަނަ އަހަރުގެ ލަގްޒަރީ ލައިފްސްޓައިލް އެވޯޑުސްގެ ”ދަ ބެސްޓް ލަގްޒަރީ އޯލް-އިންކްލޫސިވް ރިސޯޓްސް އިން އޭޝިއާ“ ގެ މަގާމު ހެރިޓެންސް އާރަށަށް ލިބިއްޖެއެވެ.
ލަގްޒަރީ ލައިފްސްޓައިލް އެވޯޑަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ އެތައް ބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެވޯޑެކެވެ. އަދި މިއީ އިޖާދީ ކަންކަން ކުރިއެރުވުމާއި، ބައިނަލްއަގްވާމީ ފެންވަރުގައި ކޮލިޓީގެ މިންގަނޑުތައް ކަނޑައަޅާ އެވޯޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެކެވެ.
މި އެވޯޑް ލިބުމާ ގުޅިގެން ހެރިޓެންސް އާރަށުން ނެރުނު ބަޔާނެއްގައި ވަނީ، ލަގްޒަރީ ލައިފްސްޓައިލް އެވޯޑް ލިބުމުން އުފާކުރާކަމަށެވެ. އަދި މިއީ ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މަތީ ފަންތީގެ މުދަލާއި ހިދުމަތްތައް ދެނެގަނެ އެ ބްރޭންޑްތައް ޕްރޮމޯޓްކުރާ އެވޯޑަކަށް ވެފައި، މި އެވޯޑް ލިބުމަކީ ފަހުރެއްކަމަށް ބުންޏެވެ.

