ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

61 ކިލޯގެ މައްސަލައިގައި ބޮޑަކަށް ހުރި ވިސާމް ދޫކޮށްލުން ކޯޓުން ދިފާއުކޮށްފި

61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތުކުރެވޭ ވިސާމް -- ފޮޓޯ: ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 61 ކިލޯގެ ޑްރަގް މައްސަލައެއްގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރާ މއ. ބޮއިލިންގފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލަން ނިންމިނިންމުން ކްރިމިނަލް ކޯޓުން ދިފާއުކޮށްފިއެވެ.

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި، “އިރުއަލިމަސް” ނަމަކަށް ކިޔާ ދޯންޏަކުން 61.06 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މި މައްސަލައިގައި ތުހުމަތުކުރެވުނު ފަރާތްތަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާާވެސް ފެނިފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކަށް ނިސްބަތްވާ ބަޔެކެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަައެޅީ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ތެރޭގައި ކަނޑުމަތިން އަތުލައިގަތް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު ހަތް މީހަކާއި، މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރެވުނު ހަތަރު މީހަކު ހިމެނެއެވެ. މި އެންމެންގެ މައްޗަށްވެސް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއެވެ.

ދައުލަތުން ދައުވާ އުފުލަން ނިންމި 11 މީހުންގެ ތެރެއިން ވިސާމް ފިޔަވައި އެހެން ހުރިހާ އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުކުރިއެވެ. އަދި ބާކީ ތިބި އެންމެން “ވާނުވާ” ގައި ތިއްބާ، ވިސާމް ދޫކޮށްލަން ކޯޓުން އިއްޔެ އަމުރުކުރީ އޭނާއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް އެކަށީގެންވާ ފަރުވާދެވިފައިނުވާތީ، ހާއްސަ ޝަރުތުތަކެއްކޮށްފައެވެ.

ވިސާމް ބަންދުން ދޫކޮށްލަން ނިންމި ނިންމުން ދިފާއުކޮށް ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ވިސާމް ދޫކޮށްލީ ޑޮކްޓަރުން ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހުކަމަށެވެ. އެގޮތުން، އޭނާއަކީ ކަކުލުގެ ލިގަމެންޓް އޮޕަރޭޝަނެއް ކުރަންޖެހޭ މީހެއްކަމަށާއި ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ރިފަރކޮށްފައިވާ މީހެއްކަމަށް ބުންޏެވެ. އަދި އޭނާ ދޫކޮށްލީ ބަންދު އަމުރު މުރާޖައާކުރަން ކޯޓަށް ގެނައުމާ ހަމައަށްވެސް ޑޮކްޓަރަށް ދައްކާފައިނުވާތީކަމަށް ބުންޏެވެ.

ކްރިމިނަލް ކޯޓުން އިތުރަށް ބުނީ، ޕީޖީ އޮފީހުގެެ ފަރާތުން ވިސާމްގެ ބަލިހާލާތަ ގުޅިގެން އޭނާގެ ވަކީލުން ފާހަގަކުރި ކަންކަމާ ގުޅިގެން ވަކި އެެއްޗެއް ބުނެފައިނުވާކަމަށެވެ. އެގޮތުން ވިސާމްގެ ވަކީލުން ފާހަގަކުރި ކަންކަމުގައި ޕީޖީ އޮފީހުން ދެކޭގޮތް އޮޅުންފިލުވަން ގާޒީ މަސައްކަތްކުރެއްވުމުން، “އަހުމަދު ވިސާމްގެ ބަލި ހާލަތާ ގުޅިގެން އެއްވެސް ކަމެއް ފާހަގަކުރަން ނެތްކަމަށް” ދައުލަތުން ބުނެފައިވާކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުން ވިސާމް ދޫކޮށްލި މައްސަލަ ޕީޖީ އޮފީހުންވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: