ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕަ މެޖޯރިޓީ އޮތަސް ބޭނުންހާ އެއްޗެއް ކިޔައިގެން ކަމަކުނުދާނެ: ކާނަލް

ކާނަލް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތަސް ގައުމުގައި ހިންގުމުގައި ބޭނުންހާ އެއްޗެއް ކިޔައިގެން ކަމަކުނުދާނެ ކަމަށް މުޙައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ކާނަލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުގެ ބޭނުންކޮށްގެން ހިތަށްއެރި ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެނަޔަސް އެކަމަކުން ގައުމަށާއި ރައްޔިތުންނަށްވާނެ ފައިދާއެއް ނެތް ކަމަށެވެ.

ކާނަލް ވިދާޅުވީ އިންތިޚާބު ބާއްވަން ބޭނުންވާ ވަރަށް ބަޖެޓު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން، މާދަންވެސް ފައިސާ ޗާޕުކޮށްގެން، މިސަރުކާރުން އިންތިޚާބު ބާއްވަފާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ޙައްސާސް ދަނޑިވަޅުގައި ކަންކަން ކުރަންވާނީ މަޝްވަރާކޮށްގެން ކަމަށެވެ.

ވާދަވެރި ސިޔާސީ ޕާޓީތަކުން ތިބީ ސަރުކާރަށް ޖެއްސުންކުރުމުގެ ރޫހެއްގައެއް ނޫން ކަމަށާއި ގައުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަރުކާރާއި މަޝްވަރާ ކުރުމަށްވެސް އިދިކޮޅު ވާދަވެރި ޕާޓީތަކުން ތައްޔާރު ކަމަށް ކާނަލް ވިދާޅުވިއެވެ.

ކާނަލް ވިދާޅުވީ ގައުމީ ކަންކަމުގައި އެންމެ އެއް މޭޒެކަށް އަރާ މަޝްވަރާކުރުމަށްފަހު އެއްބަސްވެވޭ ގޮތަކަށް ކަންކަން ކުރަން ވިސްނާނަމަ، އެކަންތައްތައް ތަންފީޒްކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ. އެނޫން ގޮތަކަށް ކަންކަންކުރާނަމަ ރައްޔިތުންގެ ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް ކާނަލް ވިދާޅުވިއެވެ.

“މިއަދު ސުޕަމެޖޯރިޓީ ބޭނުންކުރައްވައިގެން ބޭނުން އެއްޗެއް ކިޔަކަސް ކަމަކުނުދާނެ، އޭރުން ރައްޔިތުންގެ ބައިވެރިވުމެއް ނޯންނާނެ، މީގައި މައިނޯރިޓީގެ ހައްގުތަށްވެސް އެއީ މުހިއްމުކަމެއް، އެއީ ޑިމޮކްރަސީގައިވެސް ހިމާޔަތްކުރަންޖެހޭ ޙައްޤެއް، އެހެންވީމަ މިއަދު އަޅުގަނޑުމެން އެބަޖެހޭ ވާހަކަތަކެއް ދައްކާ މިކަމަށް ހައްލު ހޯދަން މޭޒުދޮށަށް އަންނަން” ކާނަލް

މީގެ އިތުރުން ކާނަލް ވިދާޅުވީ މިވަގުތަކީ ރައްޔިތުންނަށް ދިމާވެފައިވާ ތަކްލީފުތަކަށް ލުޔެއް ހޯދަންވީ ވަގުތު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރިތައް ދައްވެ، ތަކެތީގެ އަގުބޮޑުވާނެ ކަމަށް މަރުކަޒީ ބޭންކުން ހާމަކުރުމާއެކު، އެ އަންނަ ބަދަލުތަކުން އަރައިގަތުމަށް ވިސްނުންތަކެއް ގެންގުޅެންޖެހޭ ކަމަށް ކާނަލް  ވިދާޅުވިއެވެ.

ކާނަލް ވިދާޅުތަކެތީގެ އަގު އުފުލި ވިޔަފާރިތަކަށް ލޮޅުންތައް އަންނަ ދަނޑިވަޅެއްގައި ކުރިމަތިވަމުން އަންނަނީ ރޯދަ މަސް ކަމަށާއި ރޯދަ މަހަކީ އާންމުގޮތެއްގައި ތަކެތީގެ އަގު އުފުލޭ މަހަކަށްވުމުން ސަރުކާރުން ދުރާލާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ކާނަލް ވިދާޅުވިއެވެ.

ކޮވިޑުގެ މި ހައްސާސް ދަނޑިވަޅުގައި ސަރުކާރުން ކުރަންވީ ކަމަކީ ދުވާ ޓްރެކް އެޅުމާއި ފަތާފެންގަނޑެއް ހެދުމެއް ނޫން ކަމަށް ކާނަލް ވިދާޅުވިއެވެ. ސަރުކާރުން މިއަދު ބައެއް މަޝްރޫޢުތައް ހުއްޓާލިޔަސް އެކަމާ އެއްޗެއް ބުނާނެ މީހެއް ނުހުންނާނެ ކަމަށާއި ސަރުކާރުން ވިސްނަންވީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށްޖަހާ ރައްޔިތުންގެ އަނގަޔާ އަތާ ދިމާވާނެ ގޮތެއް ހޯދުން ކަމަށް ކާނަލް ވިދާޅުވިއެވެ.

ކާނަލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު ކުރައްވަންވީ ކަމަކީ ރާއްޖޭގެ އިގްތިޞާދު ސަލާމަތް ކުރެއްވުން ކަމަށާއި، ރައީސް ޔާމީން ބިނާއެއް އަޅާފައި އޮތުމުން، ހަމަ އެގޮތަށް ތަނެއް އިމާރާތްކޮށް ބަނދަރާ ބްރިޖާއި އަޅަންވެއްޖެނަމަ އިގްތިޞާދަކަށް ނުތަކާނެ ކަމަށެވެ.

“ރައީސް ސޯލިހު ކުރައްވަންވީ ކަމަކީ އިޤްތިޞާދު ސަލާމަތް ކުރައްވަންވީ، ރައީސް ޔާމިން އިމާރާތެއް އެޅީމަ އެކަމާ ވާދައަށް އިމާރާތާއި ބަނދަރާ ބްރިޖާ އަޅަންވެއްޖެއްޔާ އިގްތިޞާދަކަށް ނުތަކާނެ، އެކަމެއް ނުވާނެ ނުކުރެވޭނެ، މިވަގުތު ކިތަންމެ މޮޅު މީހެއް ހުއްޓަސް ނުވާނެ އެކަމެއް، މިވަގުތު ބޭނުންވަނީ ސަވައިވްވާން” ކާނަލް

މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ހުރިހާ ސިނާއަތް ތަކަށް ކުރިއެރުން ލިބުނު ނަމަވެސް، ކުރިއަށް އޮތް ކްއާޓަރުގައި ވިޔަފާރިތަކުގެ ދުވެލި މަޑު ޖެހިގެންދާނެ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވަނީ ލަފާ ކޮށްފައެވެ. އެމްއެމްއޭ އިން ކޮންމެ ކްއާޓަރެއް ނިންމުމުން ނެރޭ “ކްއާޓަލީ ބިޒްނަސް ސާވޭ” ގައި ބުނާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާވޭގެ ޓޫރިޒަމް ޕީކް ސީޒަނަށް ވުމުން ޑިމާންޑު އިތުރު ވެގެން ދިޔަ އެވެ.

ވިޔަފާރި ތަކުން ގަބޫލު ކުރާ ގޮތުގައި ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކާއި، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ވަނީ މަތިވެފަ އެވެ. އަދި ކުރިމަގަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް އިތުރަށް މަތި ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރަނގަޅު ވާހަކައެއް. އެކަމަކު، ކާނަލްގެ ސިޔާސީ ހަޔާތަކީ މިހާރު ނަން-އެގްސިސްޓަންޓް އެއްޗެއް. ތަންކޮޅެއް ހަމަ ބިމަށް ފައިބާފަ، ރައްޔިތުންނާއި ގުޅިލައިގެން އުޅެބަލަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: