ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
އީސީން ބުނީ އެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.
މިހާތަނަށް 100 އަށް ވުރެ ގިނަ ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވެެެެއެވެ.

