ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވަބާގެ ސަބަބުން ރަނަށް އޮތް ޑިމާންޑު ދަށަށް، އަގު މައްޗަށް

ރަން ފޮތިތަކެއް -- ފޮޓޯ: ގެޓީ އިމޭޖްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ސަބަބުން ނިމިދިޔަ 2020 ވަނަ އަހަރު ބައިނަލްއަގްވާމީ ބާޒާރުގައި ރަނަށް އޮތް ޑިމާންޑު ދަށަށް ދިޔަނަމަވެސް، ރަނުގެ އަގުތައް ރެކޯޑް އަދަދަކަށް އުފުލުނުކަމަށް ވަރލްޑް ގޯލްޑް ކައުންސިލުން ރިޕޯޓްކޮށްފިއެވެ.

ރަނުގެ ވިޔަފާރި މާކެޓްކޮށް ތަރައްގީކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ވަރލްޑް ގޯލްޑް ކައުންސިލުން ނެރުނު ރިޕޯޓުގައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ރަނަށް އޮތް ޑިމާންޑު ވެއްޓުނީ ފާއިތުވި 11 އަހަރުގެ ތެރޭގައި ނުވެއްޓޭ މިންވަރަކަށެވެ. އަދި 2019 ވަނަ އަހަރާ އަޅާކިޔާއިރު، ރަނަށް އޮތް ޑިމާންޑު %14 ދަށަށްގޮސް، 2020 ވަނަ އަހަރު ޑިމާންޑު ހުރީ 3,759.6 ޓަނުގައެވެ. މިއީ 2008 ވަނަ އަހަރު ކުރިމަތިވި މާލީ ކާރިސާގެ ފަހުން ރަނަށް އޮތް ޑިމާންޑު މިހާ ބޮޑަށް ވެއްޓުނު ފަހަރުވެސް މެއެވެ.

ރަނަށް އޮތް ޑިމާންޑު ވެއްޓުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކޮވިޑް ބަލިމަޑިކަމުގެ ސަބަބުން ރަނުން ހަދާފައިވާ ގަހަނާގެ ވިޔަފާރި ދަށަށް ދިޔުމާއި، އިގްތިސާދުތަކަށް އައި ހީނަރުކަމާ ގުޅިގެން ސެންޓްރަލް ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކުން ރަން ގަތުން މަޑުޖައްސާލުމުގެ އިތުރުން ޓެކްނޮލޮޖީ ސިނާއަތުގައި ބޭނުންކުރާ ރަނުގެ މިންވަރު ދަށަށް ދިޔުން ފާހަގަކޮށްލެވެއެވެ. އަދި ރަން ފޮއްޗާއި ރަން ފައުނަށް އޮތް ޑިމާންޑުވެސް ވަނީ ދިހަ އަހަރުގެ ތެރޭގައި ނުދާ މިންވަރަކަށް ދަށަށް ގޮސްފައެވެ.

މިދިޔަ އަހަރުގެ ސަޕްލައިއަށް ބަލާއިރު، ކޮވިޑުގެ ސަބަބުން ބައެއް މައިންތަކުގައި މަސައްކަތް ހުއްޓާލަންޖެހުމާ ގުޅިގެން ރަން މައިންކުރާ ވިޔަފާރިތަކުގެ ސަޕްލައިއަށް މަޑުޖެހުމެއް އައެވެ. އަދި އަހަރުގެ ތެރޭގައި 4،633 ޓަނުގެ ރަން ސަޕްލައި ކޮށްފައިވާއިރު، މިއީ 2013 ވަނަ އަހަރުގެ ފަހުން ރަނުގެ އުފެއްދުންތެރިކަން މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، ރިސައިކަލްޑް ރަނުގެ ސިނާއަތަށް އިންސައްތައެއްގެ ކުރިއެރުމެއް އައިސް، 1297.4 ޓަނު ސަޕްލައިކުރިއެވެ.

ޑިމާންޑް އަދި ސަޕްލައި ދަށަށް ދިޔަނަމަވެސް، ރަނުގެ އަގުތައް މިދިޔަ އަހަރުގެ ތެރޭގައި ރެކޯޑް އަދަދަަކަށް އުފުލިގެން ދިޔައެވެ. އެގޮތުން އަހަރުގެ ތެރޭގައި ރަނުގެ އަގު %24.43 އުފުލި، އަހަރު ނިމުނުއިރު އައުންސެއް ލިބެނީ 1773.73 ޑޮލަރަށެވެ. އަގުތައް އުފުލިގެން ދިޔައީ ކޮވިޑާ ގުޅިގެން އުފެދުނު މާލީ ނުތަނަވަސްކަމުގެ ސަބަބުންނާއި އެމެރިކާ ޑޮލަރުގެ އަގުތައް ދަށަށް ދިޔުމުންނެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ހުރީ، އައުންސެއް 1،844 ޑޮލަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: