ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލިއަކަށް ގޭންގު މާރާމާރީތައް މި ފެށުނީ ކީއްވެ؟

ކުއްލިއަކަށް މާލޭގައި މާރާމާރީތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މާރާމާރީ ހިންގުމަކީ ފަހަކަށް އައިސް ވަރަށް އާންމުކަމަކަށް ވަނީވެފައެވެ. ޚާއްސަކޮށް ގޭންގް ތަކުގެ މެދުގައި އުފެދޭ ހިތްހަމަ ނުޖެހުންތައް މާރާމާރީތަކަށް ބަދަލުވެ، އެތައް ބައެއްގެ ފުރާނައެއް ވަނީ ގެއްލިފައެވެ. ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންުގާއިރު، ރޭގަނޑެއް ދުވާލެއް ނެތި ފެންނަމުންދަނީ އެއްބަޔަކު އަނެއް ބަޔަކު މަރަން ތަޅާ މަންޒަރެވެ. މިކަމުގައި ޝާމިލުވާ މީހުންނަށްވުރެ ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހެނީ އެކަމާއި ނުވެސް ބެހޭ ރައްޔިތުންނެވެ.

މާލޭގައި ގޭންގު މާރާމާރީއެއް، ސިލްސިލާ މާރާމާރީއެއް ނުހިނގާތާ ވަރަށް ދުވަސް ފަހުން ކުއްލިޔަކަށް 31 ޖަނަވަރީ 2021 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުފުލުގައި ވަނީ މާރާމާރީ ހިންގާފައެވެ. މާލޭގެ އެކި ހިސާބުތަކުގައި ސިލްސިލާކޮށް ހިނގި މާރާމާރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރުގައި، ރޭގަނޑުގެ ވެގެން ގޮސްފައިވަނީ މުޅި މާލެއަށް ބިރުވެރި ރެއަކަށެވެ.

ކުއްލިއަކަށް މާރާމާރީތައް މި ފެށުނީ ކީއްވެގެންތޯ ބަލާލުމަށް ފުނަށް ފީނަން ޖެހުނެވެ. ލިބުނު މައުލޫމާތު ގުޅެނީ ހަމަ މާރާމާރީތަކާއެވެ.

މީގެ ކުރިން މާލޭގެ ދެ ގޭންގެއްގެ މެދުގައި މެދު ކެނޑުމެއްނެތި ހިނގާދިޔަ މާރާމާރީއަކާއި ގުޅިގެން، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް އެއް ގޭންގަށް ނިސްބަތްވާ ބަޔަކު ހެކިބަސްތަކެއް ދިންކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިއާއެކު އަނެއް ގޭންގަށް ނިސްބަތްވާ ޒުވާނުން ނިކުމެ، ހެކިބަސް ދިން ގޭންގްގެ ބަޔަކަށް ހަމަލާ ދިނުމުން މާރާމާރީތައް ފެށުނީކަމަށް މައުލޫމާތު ލިބެއެވެ.

ފުރަތަމަ ހަމަލާ ކިންގް ސަލްމާން މިސްކިތް ކައިރިން ދީފައިވާއިރު، ރައްދު ހަމަލާ އެކި ދިމާއިން ވަނީ ދީފައެވެ. އެގޮތުން، ސޯސަން މަގުން ޒުވާނަކަށް ހަމަލާދީފައިވާއިރު، އަސަރީ ހިނގުމުންވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ. އަދި މާލެ ވިލިމާލޭ ޓަރމިނަލް ކައިރިން މާރާމާރީ ހިންގާ 3 ޒުވާނަކަށް ވަނީ އަނިޔާވެފައެވެ. އެެކެއްގެ ހާލު ސީރިއަސްކަމަށްވެސް މައުލޫމާތުލިބެއެވެ.

މާރާމާރީއެއް، ވަޅި ޖެހުމެއް ނުވަތަ ގޭންގް ތަޅާފޮޅުމެއްގެ އަޑު ނީވި ގިނަ ދުވަސްތަކަކަށްފަހު މާލޭގެ މަގުތަކުގައި ހިނގާދިޔަ މާރާމާރީ ތަކާއި، އެކަމާއ ގުޅިގެން ހިނގާދިޔަ އެހެން ކަންކަން ވަރަށް ގިނައެވެ. އެގޮތުން މާރާމާރީއަށް ތައްޔާރުވެގެން ހަތިޔާރާއެކު ދުއްވަމުން ދިޔަ ސައިކަލްތައް މަގު މެދަށް ދޫކޮށްލާފައިވާ ފިލާފައިވެއެވެ.

ކުއްލިއަކަށް މާރާމާރީތައް ސިލްސިލާކޮށް ހިނގަން ފެށުމުން ފުލުހުންވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. 3 ކުޑަ ކުއްޖަކު ހިމެނޭ ގޮތަށް މާރާމާރީތަކާއި ގުޅިގެން ގޭންގުތަކަށް ނިސްބަތްވާ ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

 

ވަރަށް ގަދަ
13%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 33%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ބަޔަކު މީހުން މުބާރާތަކުން ގަދަބާރުން މޮޅުވާންވެގެން.. ބަލި ގަބޫލު ނުކުރެވިގެން ފެށިކަމެއް..

  2. ގްރޫޕް ތައް އުޅެނީ ކްލަބެއްގެ ގޮތުގައި ރަޖިސްޓަރީ ވެގެން. އެންވީމަ ކޯޓުގައި ސާބިތު ނުޖުރެވޭ ގްރޫޕް އެއް. ސަރުކާރުން ލާރި އަޅައިގެން މާރާމާރީ ތައް ކޮންޓްރޯލް ކުރަނީ. އެކަމު އެމީހުން އުޅެނީ ސަރުކާރައް ވުރެ މަތީ. މާސްކެއް ނާޅާ ޖޫރިމަނާ ކުރިޔަސް ފައިން ނުދައްކާ. މާމަތީ އުޅުއްވާ ބައެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: