ހުޅުމާލެ ޖަލުގެ އޮފިސަރުންނާއި ގައިދީން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ހުޅުމާލެ ޖަލުގެ ގައިދީ އަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން ޕޮޒިޓިވް ވެފައިވަނީ 56 އަހަރުގެ ފިރިހެނެކެވެ. އެ ގައިދީ މިވަގުތު ކަރަންޓީނު ފެސިލިޓީ އަށް ވަނީ ބަދަލުކޮށްފައެވެ.
އެ ކޭސް އާއި ގުޅިގެން ވަގުތީ ގޮތުން ހުޅުމާލެ ޖަލު ލޮކްޑައުން ކޮށްފައިވާއިރު، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ އެޗްއީއޯސީއާ ގުޅިގެން އެ ޖަލުގެ ގައިދީންނާއި އޮފިސަރުން ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

