ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމެންދޫ މާރާމާރީ: 3 ތަނަކުން މާރާމާރީ ހިންގި، އެންމެ ފަހު މާރާމާރީ ހިންގީ ޕޮލިސް ސްޓޭޝަން ކައިރީގައި!

ގއ.މާމެންދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. މާމެންދޫގައި މާރާމާރީއެއް ހިންްްގާ 17 އަހަރުގެ ކުއްޖަކު މަރާލި ހަބަރާއެކު ރަށުގެ ތެރޭގައި ދަނީ ތަފާތު ގޮތް ގޮތަށް މި ވާހަކަ ދެކެވެމުންނެވެ.

މަންޒަރު ދުށް މީހަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ”ސަންގަށް“ މައުލޫމާތު ދެމުން ބުނީ ރޭގައި ޖުމްލަ 3 ފަހަރަކު މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެގޮތުން އެރަށުގައި ދެ ގުރޫޕެއް ހަދައިގެން އެޅޭ ބައެއްގެ މެދުގައި ފުރަތަމަ މާރާމާރީ ހިންގީ މި ހަމަލާތަކުގައި މަރުވި ކުއްޖާއަށް ނިސްބަތްވާ ގޭންގުންކަމަށެވެ.

އެގޮތުން އެރަށު ޒުވާނަކު މަގުމަތިން ދަނިކޮށް ފަހަތުން ގޮސް ހަމަލާދީ އެ ޒުވާނާ ވައްޓާލުމަށް ފަހު ކަރުގައި ކަޓަރު އަޅަން އުޅުނު ކަމަށާއި ނަމަވެސް އެ ތަނުން އެ ޒުވާނާ ސަލާމަތްވިކަމަށް މައުލޫމާތު ދިން މީހާ ކިޔާދިނެވެ. އަދި އޭނާގެ ކަރުގައި ކަޓަރުން ކޮންމެވެސް ވަރަކަށް އެޅިފައި ހުރިކަމަށްވެސް ސަންގަށް މައުލޫމާތު ދިނެވެ.

ރައްދުގައި އެ ރަށުގެ އަނެއް ގޭންގުން ނިކުމެ ދެ ގޭންގުން މާރާމާރީ ހިންގަން ފެށުމުން ފުލުހުންވެސް ނިކުތް ކަމަށާއި، ނަމަވެސް އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށާއި، އެ ސަރަހައްދުން ދެ ގުރޫޕު ދިޔައީކަމަށްވެސް މައުލޫމާތު ދިން މީހާ ހިއްސާކުރިއެވެ.

ތިންވަނަ މާރާމާރީ ހިންގީ އެ ރަށު ބޮޑު މަގުގައި ފުލުހުންގެ މަރުކަޒު ކައިރިން ކަމަށާއި، މަރުވި އުދައްޔުގެ ބޮލަށް އެޅިގަލަކުން ހަމަލާދީ، ވަޅިންވެސް ހަމަލާދީފައިވާކަމަށްވެސް އެ ފަރާތުން ކިޔާދިނެވެ. އަދި އިތުރު އެހެން މީހެއްގެ މައިބަނދައަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށާއި، އޭނާގެ ހާލުވެސް ވަރަށް ސީރިއަސް ކަމަށް އެ ފަރާތުން މައުލޫމާތު ދިނެވެ.

އުދައްޔު މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ގއ.ހޮސްޕިޓަލަށް ގެންދިޔަފަހުންނެވެ.

މި މާރާމާރީ އާއި ގުޅިގެން ޖުމްލަ ތިން މީހަކުވަނީ ހައްޔަރު ކޮށްފައެވެ.

ވަރަށް ގަދަ
2%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 69%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: