ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ވެކްސިން ޖެހި މީހުން އަދަދު 16000އިން މައްޗަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހި މީހުންގެ ޢަދަދު ސޯޅަ ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާތަނަށް 16251 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ އޭރިއާ ސަރަޙައްދުން 13418 މީހުންނާއި، އަތޮޅު ތެރެއިން 2833 މީހުންނެވެ. ކޮވިޑް ވެކްސިން ޖެހުމަށް މާލޭގައި ހަތް މަރުކަޒު އަދި އަދި އަތޮޅު ތެރޭގައި އެކާވީސް މަރުކަޒު ވަނީ ގާއިމުކޮށްފައެވެ.

ވެކްސިން ދިނުމުގައި އިސްކަން ދެނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ފްރަންޓްލައިން މަސައްކަތްތެރިންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. މިހާރު ވަނީ 55 އަހަރުން މަތީގެ މީހުންނަށްވެސް ވެކްސިން ދޭން ފަށާފައެވެ. އަދި މާދަމާއިން ފެށިގެން 45 އަހަރުން މަތީގެ މީހުންނަށްވެސް ވެކްސިން ދޭން ފަށާނެއެވެ.

ވެކްސިން ޖަހަން ރަޖިސްޓްރީ ވާންޖެހޭ ޕޯޓަލް my.health.mv ގައި ރަޖިސްޓްރީ ނުވެ ވެކްސިން ސެންޓަރުތަކަށް ދާ ފަރާތްތަކަށްވެސް މިހާރު ދަނީ ވެކްސިން ދެމުންނެވެ. އެހެންނަމަވެސް އެގޮތަށް ވެކްސިން ދެނީ އުމުރުން ދުވަސްވީ މީހުންނަށެވެ.

ވެކްސިން ދޭން ފެށުމާއެކު އިދިކޮޅު ފަރާތްތަކުން ވެކްސިން ޖެހުމާއި ދެކޮޅަށް އަޑުއުފުލިއެވެ. އަދި އިންޑިއާއިން ހަދިޔާކުރި ވެކްސިނަށް އިތުބާރު ނުކުރުމަށް ގޮވަމުން ދިޔައެވެ. ނަމަވެސް ގިނަ ބަޔަކު ދަނީ ވެކްސިން ޖަަހަމުންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: