ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޔާޒް، ނަޝީދަށް: މިއުޒިކް އާންމު ދިރިއުޅުމާ ގުޅިފައިވީ ނަމަވެސް ﷲ އާއި ރަސޫލާ ރުހި ވޮޑިގެން ނުވާކަމެއް ނުކުރެވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއުޒިކް އާންމު ދިރިއުޅުމާ ގުޅިފައިވީ ނަމަވެސް ﷲ އާއި ރަސޫލާ ރުހި ވޮޑިގެން ނުވާކަމެއް ނުކުރެވޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައި މިވަނީ މިޔުޒިކަކީ ދިވެހިންގެ އާންމު ދިރިއުޅުމާ ޒަމާނުއްސުރެ ގުޅިފައިވާ ކަމަކަމަށްވާއިރު އެކަން ހަރާމް ކުރުމަށް ކުރެވޭ މަސައްކަތަކީ ދިވެހިން ނިކަމެތި ކޮށްލުމަށް ހިންގޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދަށް ރައްދު ދެއްވައި އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު ދިރިއުޅުމާއި ގުޅިފައިވީނަމަވެސް ﷲ އާއި ރަސޫލާ ރުހި ވޮޑިގެން ނުވާކަމެއް ނުކުރެވޭނެ ކަމަށާއި ދިރިއުޅުން އުފާވެރިވެފައި ބާއްޖަވެރިވަނީ ޤުރުއާނާއި ސުންނަތަށް އަމަލުކޮށްގެން ކަމަށެވެ.

”ބަޔަކު މީހުންގެ ހަވާ ނަފްސަށް ހެއްލެން ވެއްޖެ ނަމަ ވާނީ އަބާއްޖަވެރި. އެބޭފުޅަކަށް އުފަލެއް ނުލިބޭނެ.“ އިޔާޒް ވިދާޅުވިއެވެ.

”މިއުޒިކް ކުޅެ އަޑު އަހައި މަޖާ ކުރާނެ ތަނެއް“ ހަދަން ގޮވާލާ ގަރާރަކަށް ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު ބަހުސްކޮށް ބައެއް މެންބަރު ދެއްކެވި ވާހަތަކާ ގުޅިގެން ރާއްޖޭގެ އިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: