މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ކުރިން އަންދާޒާ ކޮށްފައިވަނީ މިއަހަރު އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށްކަމަށެވެ.
އެހެން ނަމަވެސް ވެކްސިނާއި އެކު އެ އަދަދު ރިވަޒް ކޮށްފައިވާކަމަށާއި، މިހާރު އަންދާޒާ ކުރަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ
މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 555,399 ފަތުރުވެރިންނެވެ.

