ވެރިކަން ކުރާ އެމްޑީޕީ އިސްވެއޮވެ އުފެއްދި ކޯލިޝަނަކުން ރައީސް އަަބްދުﷲ ޔާމީންް އަބްދުލްގައްޔޫމްގެ ސަރުކާރަށް ނިމުންގެނައީ އެމަނިކުފާނުގެ ސަރުކާރު އަނިޔާވެރިކަމައް ބުނެއެވެ. އޭގެ ބަދަލުގަައި އޯގާތެރި, ފަހުރުވެރި އާއިލާއެއް ބިނާކޮށް ދިވެހިންނަށް ތާހިރު ދިރިއުޅުމެއް ހޯދަދޭނެކަމައް ބުނުމުން، ކޯލިސަންގެ ރިޔާސީ ކެނޑިޑޭޓް ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުހަންމަދު ސޯލިޙް ދިވެހިރާއްޖޭގެެ ވެރިކަަމަގެ ތަހުތައް އިސްކޮށްދިނީީ ނިކަން ފޮނި އުންމީދު ތަކަކާއެކުއެވެ.
ޒަމާނުއްސުރެ ދިވެހިންނަށް ދަތިވެފައިވާ ބޯހިޔާވަހިކަމައް ހައްލު ހޯޯދައިދިނުމައް ރައީސް އަބްދުﷲ ޔާމީންް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާ ކުރި ހިޔާ ފުލެޓްތައް ވެގެން ދިޔައީ މާޔޫސްކަމުގައި ތިބި އެތައް ދިިވެއްސެއްގެ އުންމީދުު އާވެގެން ދިޔަ ކަމަކަށެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދިން ލިޔުމަށް ބަލަހައްޓައިގެން އެތައް ބަޔަކު ތިއްްްބާ, މި ސަރުކާރުން އެެެކުލަވާލި ފުލެޓް ކޮޮޮޮޮޮޮމެޓީން ދާއިމީ ލިސްޓު އާާާާންމުުުުުރިި އިރު އިިިިހުގެެ ހާލަތުވަަަނީ ބޮޑުުުތަނުުުުން ބަަަދަަލުުވެެެފަައެެވެ. ދާއިމީ ލިސްޓާއެކު އަނެއްކާވެސް ބޯހިޔާވަހިކަމަށް ޖެހިފައި ތިބި ނިކަމެތި އެތައް ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ މާޔޫސްވެ މަގުމަތި ވެފަ އެވެ.
ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ފްލެޓުތައް ދިނުމުގައި އެތައް ޖަރީމާއެއް ހިންގާފައިވާ ކަމައް މިސަރުކާރުންވަނީ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސްް މައްސަލަތައް ބަލާނިމުނު އިރު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ އަދަބު ލިބުނީ ނިކަމެތީން ނަށެވެ.
ރައީސް ޔާމީންގެ ސަރުކާރުންް ނަހަމަ ގޮތުގައި ބަޔަކައް ފުލެޓްް ނުދޭ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ސަރުކާރަަަކުުުުން ރައްްޔިތަކަށް ލިޔުމުން ވެފައި އޮތް ވައުދެއް، ޔަގީންކަމެއް މިހާ ފަސޭހައިން އުވާލެވިގެން ނުވާނެ އެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ބަލާލުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކަށް ވިސްނާލެވުނެވެ. އެވާހަކަތަކުގެ ހުރި ފޮނި ކަމާއި ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގެ މަތިން ހަނދާންވިއެވެ. މިއީ ރައްޔިތުން އަބަދުވެސް ހަނދާން ހުންނާނެ ވާހަކަތެކެވެ.
ރައީސް ފެބުރުއަރީ 2020ގައި ވިދާޅުވީ؛
”ކުރީގެ ސަރުކާރުތަކުން ވައުދުވެފައިވާ ގޮތަށް، ހިޔާ މަޝްރޫއަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވައުދުވެ، އެއްބަސްވެފައިވާ ގޮތަށް، އެކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލަހެއްނުވެ ކޮށްދޭނަން،“ ކަމަށެވެ.
އެކަމަކު ފްލެޓުތައް ލިބޭ މީހުން ދާއިމީ ލިސްޓް އާންމުކުުުުުުުރިއިރު ކަންވީ ރައީސް އެ ދެއްކެވި ވާހަކައާ ދިމާއިދިކޮޅަށެވެ.
އެއީ މީހުން އުޅެން ހެޔޮވާވަރު ތަނެއް ނޫން ކަމަށް ބުނެ ރައީސް ސޯލިހު ނޫސްވެރިންނާއި ރައްޔިތުންނަށް ވިސްނައިިދިން ”ކޮތަރު ކޮށިން“ ނިކަމެތިންނައް ޖާގަ ނުލިބި އާހިރުގައި ޖާގަ ލިބިގެން ދިޔައީ ހުދު އެމަނިކުފާނުގެ އާއިލީ މެންބަރުންނަށެވެ.

