ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ހަތަރަކަށް

އައްޑޫ ސިޓީ/ ފޮޓޯ: ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

އައްޑޫ ސިޓީގައި ކޯވިޑްގެ ތިން ކްލަސްޓާއެއް އުފެދިފައިވެ އެވެ. އެ ކްލަސްޓާތަކުން މިހާތަނަށް77 މީހުން ޕޮސިޓިވްވެފައިވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ30 އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވަނީ އެ ސިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ކަމަށެވެ. އޭގެ ތެރެއިން ތިން މީހުން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ އިއްޔެ އެވެ.

އައްޑޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެެރެއިން 47 މީހަކު ރަނގަޅުވެފައިވާއިރު ހަތަރު މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި މިއަދު 58 ސާމްޕަލް ނަގާފައިވާ ކަމަށްވެސް އެ ސެންޓަރުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: