ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ނައިބު ރައީސް ހަސްފަތާލުން ދޫކޮށްލި އިރު، ހާލުކޮޅު ރަނގަޅު ކަމަށެވެ. އެކަމަކު، ނައިބު ރައީސް ދޫކޮށްލީ ކޮންއިރަކު ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ.
ގަދަ ހުމެއްގެ ސަބަބުން ނައިބު ރައީސް ފައިސަލް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރިކަން ސަރުކާރުން ހާމަކުރީ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ.
ނައިބު ރައީސް މިއަދު ވަނީ އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވަނިކޮށް ހެޔޮ ދުއާ ކުރެއްވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ.

