ރާއްޖެއިން މިއަދު އެކަނިވެސް 118 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި މައުލޫމާތުން ދައްކާގޮތުގައި ފާއިތުވި 24 ގަޑި އިރު ތެރޭ ރާއްޖެއިން ވަނީ 118 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވްވީ މީހުންގެ ތެރެއިން 92 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. ފަސް މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުންނެވެ. އަދި 16 މީހަކު ވަނީ ރިސޯޓުތަކުން ޕޮޒިޓިވްވެފައެވެ.
މިއަދުގެ އަދަދު ތަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ އަދަދު މިވަނީ 19،597 އަށް އަރާފައެވެ.

