ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާޝުގްޖީ މަރާލަން އެންގީ ސައުދީ ވަލީ އަހުދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލުމަށް އެނގީ، އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާއިން ހާމަ ކުރި އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފި އެވެ.

ރިޕޯޓުގައިވާ ގޮތުން ހާޝުގްޖީ މަރާލުމަށް ނިންމި ނިންމުމަކީ ބިން ސަލްމާންގެ ފުރިހަމަ ބާރުގެ ދަށުން ނިންމި ނިންމުކެވެ.

ހާޝުގްޖީއަކީ ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކީ މީހެއް ކަމުން، އޭނާ އަކީ ނުރައްކަލެއްގެ ގޮތުގައި ސަލްމާން ދެކެވަޑައިގެންނެވި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އަދި އޭނާގެ އަޑު ކަނޑުވާލުން މުހިންމު ކަމަށް ބިން ސަލްމާން ދެކެވަޑައިގެންނެވި ކަމަށްވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ސައުދީގެ އިންޓެލިޖެންސް ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލު އޭނާ އަތުގައި އޮވެ އެވެ. އަދި އެފަދަ ނިންމުމެއް ނިންމުގެ ބާރު ބިން ސަލްމާންއަށް ލިބިގެންވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: