އުނގޫފާރުގައި މަސްފެންގަނޑަކަށް ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
މިއަދު މެންދުރު މަސްފެންގަނޑަށް ވެއްޓިފައިވަނީ އުމުރުން އެއް އަހަރާއި ހަތަރު މަހުގެ އަންހެން ކުއްޖެކެވެ.
އެ ކުއްޖާ ވެއްޓިފައިވަނީ ދިރިއުޅޭ ގޭގައި ހުންނަ ދެ ފޫޓު އުސްމިން މަސްފެންގަނޑަކަށެވެ.
އެ ކުއްޖާ އަށް ފަރުވާ ދެމުން އަންނަނީ ރ.އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

