މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް އެތެރެވެވޭނީ ކޮވިޑް-19 ވެކްސިން ޖަހައިގެން ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސައުދީގެ މީޑިއާތަކުުުުުުުުގައި ބުނެފައިވަނީ ހައްޖުގެ އަޅުކަމަށް ތައްޔާރުވާނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކޮވިޑު ވެކްސިން ޖެހުން ކަމަށެވެ.
”މައްކާ އާއި މަދީނާއަށް އެތެރެއެއް ނުވެވޭނެ ވެކްސިން ނުޖަހައި ހުރި އެއްވެސް މީހަކަށް.“ އެ ގައުމުގެ ސަރުކާރާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވެއެވެ.
މި ދިޔަ އަހަރު ސައުދީ އަރަބިއްޔާ އިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނީ ހަމައެކަނި އެގައުމުގައި ދިރިއުޅޭ މީހުންނަށެވެ.

