ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. މިއީ މިބަލީގައި ރާއްޖޭގައި މަރުވި 64 ވަނަ މީހާއެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މަހުގައެވެ. މިދިޔަމަހު އެކަނިވެސް ކޯވިޑް ޖެހިގެން ރާއްޖެއިން 11 މީހަކުވަނީ މަރުވެފައެވެ. މިމަހުގެ މިހާތަނަށްވެސް 2 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

