ރާއްޖެއިން މިހާތަނަށް 218،046 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެގޮތުން އިއްޔެ ވަނީ 449 މީހަކަށް ވެކްސިން ދީފައެވެ. އެ އެންމެންނަކީ ވެސް އަތޮޅުތެރެއިން ވެކްސިން ޖެހި މީހުން ކަމަށްވާއިރު މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދިނުން މިހާރު ވަނީ ހުއްޓާލާފައެވެ.
އެގޮތުން މިހާތަނަށް މާލެ ސަރަހައްދުން 121،630 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ.
އަދި އަތޮޅުތަކުން 96،416 މީހަކަށް ވެކްސިން ދީފައިވެއެވެ.

