ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އިން ބޭރަށް ފުރާ ފަރާތްތަކުން ދެވަނަ ޑޯޒް ޖަހަން ނަން ނޯޓް ކުރަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިން ކޮވިޑް-19 ވެކްސިން ޖެހުމަށް ފަހު ރާއްޖެ އިން ބޭރަށް ފުރާ ފަރާތްތަކުން ދެވަނަ ޑޯޒް ޖަހަން ނަން ނޯޓް ކުރަން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ ބޭސްފަރުވާއަށް ނުވަތަ ތަޢުލީމު ހާސިލުކުރުމަށް ޤައުމުން ބޭރަށް ދަތުރުކުރަންޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 8-12 ހަފުތާގެ ތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ ފަރާތްތައް (ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފުތާ ހަމަވެފައިވާނަމަ) ވެކްސިން ޖެހުމަށް ނަން ނޯޓް ކުރަން ނުވަތަ މައުލޫމާތުތައް އީމެއިލް ކުރަން އެދޭކަމަށެވެ.

އެޗްޕީއޭއިން ބުނީ ނަން ނޯޓުކޮށް މައުލޫމާތު ދެއްވުމަށް ގުޅުއްވާނީ ކޮވިޑް-19 ގެ ހޮޓްލައިން 1676 އަށެވެ. މައުލޫމާތުތައް އީމެއިލް ކުރައްވަން ޖެހޭނީ vaccine@health.gov.mv އަށެވެ.

އަދި ވެކްސިން ޖެހުމަށްޓަކައި ނަން ނޯޓުކުރުމުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖައްސާ ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިއާއި ތަން އަންގާނެކަމަށެވެ.

ވެކްސިން ޖަހަންދާއިރު ފުރަތަމަ ޑޯޒް ޖެހި ވެކްސިން ކާޑާއި، އައިޑީ ކާޑާއި ދަތުރަށް ފުރާކަން އެނގޭނެ ލިޔުން ނުވަތަ ޓިކެޓާއި ބޭސްފަރުވާއަށް ފުރަން ޖެހޭކަމުގެ ލިޔުމާއި ދަރިވަރެއްނަމަ ޔުނިވަސިޓީގެ ލިޔުމާއި ބޭނުން ކުރަމުންދާ ބޭހެއްނަމަ އެބޭހުގެ މައުލޫމާތު ވެސް ވެކްސިން ޖަހަން ދާއިރު ގެންދަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: