ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފުރަތަމަ ކިޔުން އިއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުއެވެ.
މިއަދު ވަނި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.
ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ކަނޑުދަތުރުފަތުރު ކުރުމާއި އެއްގަމު ދަތުރުފަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާއި އެ އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީކަމަށެވެ.

