މި އަހަރުގެ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނުތައް އަންނަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަނުން ބުނީ އެ އިމްތިހާނުތަކުގެ ތާވަލަށް ބަދަލުގެނައީ އެ އިމްތިހާނު ފޯރުކޮށްދޭ އެޑެކްސެލް އިން ކަމަށެވެ.
އަދި އެ ބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ އެ ތާރީހު ބަދަލުކުރެވޭތޯ އެޑެކްސެލްއާ އެކު މަޝްވަރާކުރި ކަމަށާއި، އެހެން ނަމަވެސް ކުރެވުނު މަޝްވަރާތަކުން އަލިމަގެއް ފެނިފައިނުވާ ކަމަށެވެ.

