ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނޯފާމްގެ ދެވަނަ ޑޯޒް ދޭނީ ހަތަރު ހަފްތާ ފަހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާރު ދެމުން އަންނަ ސައިނޯފާމްގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޗައިނާގެ ސައިނޮފާމް ވެކްސިން ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ހުއްދަ ދީފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި މަހުގެ 22 ވަނަ ދުވަހު ވަނީ މި ވެކްސިން އާންމުންނަށް ދޭން ފަށައިފައެވެ.

އެޗްޕީއޭއިން ބުނީ ސައިނޮފާމްގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހޭނެ ކަމަށެވެ.

މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒްގެ ޖަހާ މީހުންނަށް ދެނީ ސައިނޯފާމް ވެކްސިން އެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިން ދެނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: