ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ވެކްސިން ޖެހުން މެދުކަނޑާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމު މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އެޗްޕީއޭއިން ވަނީ ވެކްސިން ނުޖަހާ ފަރާތްތަކުން މި ތާރީހުގެ ކުރިން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން މިގޮތަށް ނިންމާފައި މިވަނީ އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިހާބު އޮންނާނެތީއެވެ. އަދި އަންނަ ހަފުތާގެ އަންގާރަ ދުވަހަކީ މުލަ ރޯދައިގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވާ ދުވަހެވެ. މީގެ އިތުރުން އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.

އެޗްޕީއޭއިން ވަނީ ރޯދަ މަހު ވެކްސިން ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ވެކްސިން ދޭން ނިންމާފައިވަނީ ރޯދަ މަހުގެ ރޭގަނޑެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: