ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސް އަށް ވޯޓުލާން ނުނިކުންނަށްޗޭ ވަކި ވަކިން ގުޅާފަ ރައީސް ނަޝީދު ބުނާނެ: އިބްރާ

އިބްރާހިމް އިސްމާއިލް އިބްރާ ފޮޓޯ: ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރަށް ވޯޓުލާން ނުދާން ވަކި ވަކިން ގުޅާފަ ރައީސް މުހައްމަދު ނަޝީދު ބުނާނެ ކަމަށް އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނަސް އަށް ވޯޓުލާން ޕޯޓިއަމްގައި ބުނެފައި ނަމަ، ވަކިވަކިން ގުޅާފަ އަނަަސް އަށް ވޯޓު ނުލާން ނަޝީދު ބުނާނެ ކަމަށެވެ.

”2014 ގައި އަޅުގަނޑު ކަޓުވާލަން މައްޗަންގޮޅި ދެކުނުގައި ވެސް އަންނި އެ ސަކަރާތް ޖެހި. އިހަށް ދުވަހު ވެސް މަޖިލިސް ކުޑަ ދޮށިގައި މެމްބަރުންނާ އެ ވާހަކަ ދެއްކި.“ އިބްރާ ވިދާޅުވިއެވެ.

އިބްރާ މީގެ ކުރިން ވިދާޅުވީ މިއަދު ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް ސަރުކާރާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީގެން ރައްޔިތުންގެ ކަންކަމަށް ނުގެނެސްދެވުނު ތަސައްލީއެއް، ކައުންސިލް އިންތިޚާބު ކާމިޔާބުވެގެން ހޯދޭނެކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: