ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލާނެ މީހުން ނެތް: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލުން ނުފެށިގެން އުޅެނީ ވޯޓު ލާނެ މީހުން ނެތިގެން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވޯޓުލާން ފެށިތާ ތިން ގަޑިއިރަަށް ވުރެ ގިނައިރުވީއިރު އަދި ވޯޓު ލީ ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ވަރަށް މަދު ބައެކެވެ. ނަމަވެސް ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މެންދުރު ފަހާއި ހަވީރު، މީގެ ކުރީގެ އިންތިހާބުތަކުގައި އިތުރުވާކަން ފާހަގަ ކޮށްލެވެއެވެ.

ޝަރީފް ވިދާޅުވީ ހައެއްކަ ފޮށީގައި ވޯޓުލާނެ މީހުން ނެތިގެން ނުފެށިފައިވާ ކަމަށެވެ. އަދި އެއީ އަތޮޅުތެރޭ ބައެއް ރަށްތަކުންނާއި ބައެއް ރިސޯޓުތަކުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އަދި މިހާތަނަށް ވޯޓުލާން ފަށާފައިވަނީ 513 ފޮއްޓެއްގައި ކަމަށެވެ. ޖުމްލަ 713 ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބަހައްޓާފައެވެ.

މިހާތަނަށް 2718 މީހަކު ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: