މިއަދު އިރުއޮއްސި 6:00 ޖަހާއިރު ވޯޓުލާން ކިޔުގައި މީހަކު ނެތްނަމަ، ވޯޓުލާ މަރުކަޒު ބަންދު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވޯޓުލާ މަރުކަޒުތަކުގައި 6:00 ވާއިރު ކިއުގައި ވޯޓު ލުމަށް މީހަކު ނެތްނަމަ، ވޯޓުލާ މަރުކަޒު ބަންދު ކުރުމަށް އީސީން ނިންމައިފައިވާ ކަމަށެވެ.
އެހެން އިންތިހާބުތަކާ ޚިލާފަށް މި ފަހަރުގެ އިންތިހާބުގައި ވޯޓުލާން ދިޔަ މީހުންގެ އަދަދު މަދުކަން އީސީން ވަނީ ފާހަގަ ކޮށްފައެވެ.
ނަމަވެސް ވޯޓުލާން ފެށިތާ ފަސް ގަޑިއިރު ވެފައި ވާއިރު، ކުރިއަށް ވުރެ ގިނަ މީހުން ވޯޓުލާން ކިއުގައި މިހާރު ޖެހެމުންދާކަން ބައެއް ވޯޓުލާ މަރުކަޒުތަކުން ފާހަގަ ވެފައިވެއެވެ.

